ކާޖޮލްގެ 'ދަ ޓްރަޔަލް'ގެ ދެވަނަ ސީޒަން އަންނަ މަހު

މީގެ ދެ އަހަރު ކުރިން ޑިޒްނީ ހޮޓްސްޓާގައި ރިލީޒްކުރި ބަތަލާ ކާޖޮލްގެ ކެރިއަރުގެ އަލަތު ވެބް ސީރީޒް "ދަ ޓްރަޔަލް"ގެ ދެވަނަ ސީޒަން ގެނެސްދޭނެ ތާރީޚު އިއުލާނުކޮށް އެ ސީރީޒްގެ ޓްރެއިލާ ވެސް ދައްކާލައިފިއެވެ. އުމޭޝް ބިޝްތު ޑައިރެކްޓްކޮށް ހުސެއިން ދަލާލް، އައްބާސް ދަލާލް އަދި ސިދާތު ކުމާރު ލިޔެފައިވާ ސްކްރިޕްޓަކަށް ގެނެސްދޭ "ދަ ޓްރަޔަލް 2"ގެ ދެވަނަ ސީޒައިން ކާޖޮލްއާ އެކު ފުރަތަމަ ސީޒަންއިން ފެނުނު ގިނަ ތަރިންތަކެއް ފެންނާނެއެވެ. އޭގެ ތެރޭގައި ޖިއްޝޫ ސެންގުޕްތާ، ކުބްރަތު ސައިތު އަދި ޝީބާ ޗައްދާ ހިމެނޭއިރު އަލަށް މި ފަހަރުގެ ސީޒައިން ފެންނާނެ ތަރިންގެތެރޭ ސޮނާލީ ކުލްކަރުނީ އަދި އެކްޓަރު ކަރަންވީރު ޝަރުމާ ހިމެނެއެވެ. މިދިޔަ ހުކުރު ދުވަހު "ދަ ޓްރަޔަލް 2"ގެ ޓްރެއިލާ ރިލީޒްކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަމުން ކާޖޮލް ބުނީ، ދެވަނަ ސީޒަންގައި ބަތަލާ ކުޅޭ ކެރެކްޓަ ނޮޔޮނިކާގެ ދިރިއުޅުމަށް ވަރަށް ވަރުގަދަ ތޫފާނެއް އައިސް ދިރިއުޅުމުގެ ކަންކަން އެފުށް މިފުށަށް ޖެހޭނެއެވެ. "ދަ ޓްރަޔަލް"ގެ ދެވަނަ ސީޒަން ޓްރެއިލާ ޕްރީމިއާކުރި ހަފްލާގައި އެ ސީރީސްގެ ކާސްޓުން--ފޮޓޯ/ޕިންކްވިލާ ދެވަނަ ސީޒަންގައި ބަތަލާ ފެންނާނީ ހަމައެކަނި ގާނޫނީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކާ އެކު އަމިއްލަ އާއިލާއަށް ރައްކާތެރިކަން ހޯދާ ހިމާޔަތް ހޯދުމަށް ވަރުގަދަ ހަނގުރާމައަކާ ކުރިމަތިލާ މަންޒަރު ކަމަށް ބަތަލާ ވަނީ ބުނެފައެވެ. "ދަ ޓްރަޔަލް" ސީރީޒަކީ، އެމެރިކާގެ ސީބީއެސް ނެޓްވޯކުން ހަތް ސީޒަނަކަށް ބަހާލައިގެން ޖުމްލަ 156 އެޕިސޯޑުގެ މައްޗަށް ގެނެސްދިން ސީރީސް "ދަ ގުޑް ވައިފް" އަސްލަކަށް ބަލައިގެން ގެނެސްދޭ ސީރީސްއެކެވެ. ކާޖޮލް އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ މަހު ރިލީޒްކުރި ފިލްމު "ސަރުޒަމީން"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ