ހއ. އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ، އުތީމު އާދަމްބެ އަށް ނިޝާން ދިޔަމިނގިލީ ޝަރަފުގެ އިއްޒަތް އަރުވައިފި ހއ. އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ، އުތީމު އާދަމްބެ އަށް ނިޝާން ދިޔަމިނގިލީ ޝަރަފުގެ އިއްޒަތް އަރުވައިފި

ހއ. އުތީމު ކަތީބު ކަމާއި އެ އަތޮޅު ވެރިޔާގެ މަގާމު އަދާކުރެއްވި އެ ރަށު އަލިމަސްގެ، އާދަމް އަބްދުއްރަހްމާން (އުތީމު އާދަމްބެ) އަށް ނިޝާން ދިޔަމިނގިލީގެ ޝަރަފުގެ އިއްޒަތް އަރުވައިފި އެވެ.
މިއަދު އުތީމުގައި ބޭއްވި މި އަހަރުގެ ގައުމީ ދުވަހުގެ ހާއްސަ ޖަލްސާގައި އާދަމްބެއަށް އެ ޝަރަފު އެރުވީ ރައީސް މުހައްމަދު މުއިއްޒު އެވެ.
އާދަމްބެ ވަނީ 42 އަހަރަށް ވުނެ ގިނަ ދުވަހު ދައުލަތަށް ހިދުމަތް ކުރައްވައިފަ އެވެ. އޯގަސްޓު 26، 1965، ގައި އޭނާ ދައުލަތަށް ހިދުމަތް ކުރައްވަން ފެށީ އުތީމު ކަތީގުގެ މަގާމުންނެވެ.
އެއަށްފަހު ހއ. އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމާއި އަތޮޅުވެރިކަމުގެ މަގާމުގައި ވެސް މަސައްކަތް ކުރެއްވި އެވެ. އަތޮޅުވެރިކަމުގައި 11 އަހަރު ހުންނެވި އެވެ.
މީގެ އިތުރުން، އާދަމްބެ ވަނީ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ މުދީރުގެ މަގާމު ވެސް ތިން އަހަރު ފުރުއްވައިފަ އެވެ.
ދައުލަތަށް ކުރެއްވި ހިދުމަތުގެ އިތުރުން އާދަމްބެ އަކީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ވެސް ހިދުމަތް ކޮށްދެއްވި ބޭފުޅެކެވެ. މި ދާއިރާއިން ކުރެއްވި ހިދުމަތްތަކުގެ އަގު ވަޒަންކޮށް 2004 ގައި ދައުލަތުން ވަނީ އޭނާއަށް އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ދީފަ އެވެ. އޭގެ 12 އަހަރު ފަހުން، 2016 ގައި ހަމަ އެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ވަނީ ލިބިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ