ޓީ20 ޕްރިިމިއާ ލީގުގައި މި ފަހަރު ހަ ޓީމު ޓީ20 ޕްރިިމިއާ ލީގުގައި މި ފަހަރު ހަ ޓީމު

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ކުރިއަށްގެންދާ ޓީ20 ޕްރިމިއާ ލީގު ހަ ޓީމާ އެކު، އަންނަ ހުކުރު ދުވަހު ފަށަން ތައްޔާރުވެއްޖެ އެވެ.
ހަފްތާ ބަންދުގައި އެކަނި ކުޅޭ ގޮތަށް ޝެޑިއުލް ހަދާފައިވާ މި މުބާރާތުގައި މި ފަހަރު ވާދަކުރަނީ، އޮއްފު އެފްސީ، ސީބީއެލް ސްޕޯޓްސް، އެމްއެސްއެޗްއެޗްއެސްއޭ، ނިއުސްޓާ، މިލާން ކްރިކެޓް އެކަޑަމީ (އެމްސީއޭ) އަދި އެމްއެސްސީ އެވެ.
އެ ގޮތުން ފުރަތަމަ މެޗުގައި ހުކުރު ދުވަހު ހެނދުނު، އޮއްފު އެފްސީ ކުޅޭނީ ސީބީއެލްއާ އެވެ. އަދި އެ ދުވަހު މެންދުރު، އެމްއެސްއެޗްއެޗްއެސްއޭ އާއި ނިއުސްޓާ ކުޅޭނެ އެވެ. ހޮނިހިރު ދުވަހު ހެނދުނު، އެމްސީއޭ އާއި އެމްސީއެސް ބައްދަލުކުރާއިރު، ފުރަތަމަ ހަފްތާގެ ފަހު މެޗުގައި، ސީބީއެލް އިން ނުކުންނާނީ އެމްއެސްއެޗްއެޗްއެސްއޭއާ ދެކޮޅަށެވެ.
މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް، ކުޅިވަރު އެކުވެނި ކްރިކެޓް ސްޓޭޑިއަމްގަ އެވެ. ޕްރިމިއާ ލީގަށް ފަހު ދެން އޮންނާނީ ޕްރެޒިޑެންޓްސް ކަޕް އެވެ.
މިދިޔަ ދެ އަހަރު ވެސް ޓީ20 ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދީ ފުރިހަމަ ރެކޯޑަކާ އެކު މިލާން ކްރިކެޓް އެކަޑަމީ އެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ވެސް ވާދަކުރީ ހަ ޓީމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ