ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަދެ އުޅުނު ސްރީ ލަންކާއަށް ނިސްބަތްވާ ދެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓް ގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
ތަފްސީލު - ކޯސްޓް ގާޑު ހުރަވީގެ ބެލުމުގެ ދަށަށް އެ ދެ މަސްބޯޓު ގެނައީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓް ގާޑުން ހިންގި އޮޕަރޭޝަނެއްގައި އިއްޔެގެ ވަގުތެއްގަ އެވެ.
އެ ބޯޓުތައް އަތުލައިގަތީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ކޮން ސަރަހައްދަކުން ކަމެއް އެމްއެންޑީއެފްއިން ނުބުނެ އެވެ.
އެމްއެންޑީއެފްއިން ބުނި ގޮތުގައި އެ މަސްބޯޓުތައް ނިސްބަތްވަނީ ސްރީ ލަންކާއަށެވެ.
އެ މަސްބޯޓުތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ފުލުހުންނާ ހަވާލުކުރުމަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަގަށް މަސްވެރިކަން ކުރަން ވަދެ އުޅޭ އެކި ގައުމުތަކުގެ ބޯޓުތައް މީގެ ކުރިން ވެސް އެމްއެންޑީއެފްއިން އަތުލާފައިވެ އެވެ.
ވަގަށް މަސްވެރިކަން ކުރަން އުޅުނު ލަންކާގެ 2 މަސްބޯޓު އަތުލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ