ކެޔޮދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލު ހުޅުއްވައިދެއްވައިފި ރައީސުލްޖުމްހޫރިއްޔާ، ދިއްގަރު ޞިއްޙީ މަރުކަޒަށް އިތުރުކުރި ޢިމާރާތް ހުޅުއްވައިދެއްވައިފި ރަތްމަންދޫ އައު އިންޖީނުގެ ރައީސް ހުޅުވައިދެއްވައިފި މުލަކު ސިއްހީ މަރުކަޒު ރައީސް ސާލިހު ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރައްވައި ވ. ތިނަދޫ އައު އިންޖީނުގެ ހުޅުއްވައިދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހާރު ވ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރަސްމީ ގޮތުން ހުޅުއްވައިދެއްވި ތިނަދޫގެ އައު އިންޖީނުގެއަކީ ރަށުގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ސަރަޙައްދާއި ޢާންމުންދިރިއުޅޭ ސަރަޙައްދާ ދުރުގައި އިމާރާތްކޮށްފައިވާ ޒަމާނީ އިންޖީނުގެއެކެވެ.
މި އިންޖީނުގެއިން ޖުމްލަ 1.3 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ހުރެއެވެ.
މި ދަތުރފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވ. ފުލިދުއަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
މި މަޝްރޫޢަކީ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިޔަށްގެންގޮސްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ރަށުގެ އެކި ސަރަހައްދުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި ގްރަޮއިން ޖެހުމާއި ބޭރުތޮށި ޖެހުން ވެސް ހިމެނެއެވެ.
ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ