މައިނޯރިޓީ ލީޑަރުކަން ގެއްލުނަސް ސަރުކާރު ޖަވާބު ދާރީކުރުވުމުގެ މަސައްކަތް ކުރާނަން: ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން ގެެއްލުނަށް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މައިނޯރިޓީ ލީޑަރުކަން ގެއްލުނަސް މަޖިލީހުގައި ސަރުކާރު ޖަވާބުދާރީ ކުރުމަށް ކުރަމުންދާ މަސައްކަތައް އެއްވެސް ބަދަލެއް ނުގެންނަވާނެ ކަމަށާއި، ޒިންމާދާރު ކަމާއި އެކު އެ ޒިންމާ އަދާކުރައްވަމުން ދާނެ ކަމަށެވެ.
އަދި އެކަން ކުރުމުގައި ދަ ޑިމޮކްރަޓްސް ގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
Advertisement
"އެވެރިން ތިބީ ރައީސް ޞާލިޙް ނޫން ގޮތެއް ހޯދަން ތައްޔާރަށް" އާދަމް ޝަރީފް ވިދާޅުވެފައި ވެއެވެ.
މިހާރު ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. އާޒިމަކީ ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ