ރިޔާސީ އިންތިހާބުގައި މިއަދު ހެނދުނު 10:00 ހަމައަށް 36163 މީހުން ވޯޓުލައިފި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވޯޓު ލައްވައިފި މުއިއްޒާ އެކު ބޮޑު ހިނގާލުން މިއަދު ހަވީރު މާލޭގައި ބާއްވައިފި ބަންދުގައި އެންމެ ގިނަވެގެން ބެހެއްޓޭނީ 48 ގަޑިއ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓު ލައްވައިފިއެވެ.
ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސް ސޯލިހް ވޯޓު ލައްވާފައި ވަނީ، ޖަމާލުއްދީން ސްކޫލްގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ.
ރައީސް ވޯޓުލެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވަމުން ވިދާޅުވީ މި އިންތިޚާބުގައި 88 ޕަސެންޓާއި 90 ޕަސެންޓާ ދެމެދުގެ އަދަދަށް ވޯޓުލާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި މިއީ މިހާތަނަށް ރާއްޖެއިން ނުދެކޭ ފަދަ ޑިމޮކްރެޓިކް އިންތިޚާބަކަށް ވެގެންދާނެކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ދެންމެ ބުނި ގޮތުގައި 10:00 އާ ހަމއަށް މުޅި ރާއްޖޭން ވޯޓު ލާފައި ވަނީ 36،163 މީހުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ