އެމެރިކާގެ ހުށަހެޅުމަށް އީރާނުން ދިން ޖަވާބަށް ޓްރަމްޕް ޖޯކްޖަހައި، އެއީ "މޮޔަވާހަކަތަކެއް" ކަމަށް ބުނެ އެ ގައުމުގެ ހުށަހެޅުންތައް ބޭރުކޮށްލައިފިއެވެ. އީރާނުން ދިން ރައްދު "މޮޔަ" ކަމަށް ސިފަކޮށް ޓްރަމްޕް ބުނީ، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން މިހާރު އޮތީ "ލައިފް ސަޕޯޓުގައި" ކަމަށެވެ.
އާދީއްތަ ދުވަހު ޓްރަމްޕް މިގޮތަށް ވާހަކަދެއްކުމާ ގުޅިގެން، 10 ހަފުތާވީ ހަނގުރާމަ އިތުރަށް ދިގުލައިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ، އީރާނުގެ ހުށަހެޅުންތަކަކީ ހަމަޖެހޭ އަދި އީރާނުގެ ހައްގުތަކާ ގުޅުންހުރި ކަންތައްތަކެއް ކަމަށެވެ. އޭނާ ވަނީ އެމެރިކާއިން ހިންގާ "ކަނޑުފޭރުމުގެ" އަމަލުތައް ހުއްޓާލައި، ބޭންކުތަކުގައި ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކޮށްލުމަށް އެދިފައެވެ.
މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާއިރު، އެމެރިކާއިން ދަނީ އީރާނުގެ ބަނދަރުތައް ބަންދުކޮށްގެން އެ ގައުމުގެ ތެޔޮ ވިއްކުން ހުއްޓުވަން މަސައްކަތް ކުރަމުންނެވެ.
އެމެރިކާގެ ހުށަހެޅުމަށް އީރާނުން ދިން ޖަވާބަށް ޓްރަމްޕް ޖޯކްޖަހައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ