ސްޓާމަރ މަގާމުން ވަކިވާން ގޮވާލި މެންބަރުންގެ އަދަދު 50 އަށް

އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރ މަގާމުން ވަކިވުމަށް ނުވަތަ އިސްތިއުފާ ދެއްވާނެ ތާރީޚެއް ކަނޑައެޅުމަށް ފާޅުގައި ގޮވާލެއްވި ލޭބަރ ޕާޓީގެ މަޖިލިސް މެންބަރުންގެ އަދަދު 50 އަށް ވުރެ މައްޗަށް އަރައި، ސަރުކާރުގެ ކޮންޓްރޯލް ގެއްލޭ ހިސާބަށް ކަންތައްތައް ހިނގައްޖެއެވެ.
އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ހެލްތު ސެކްރެޓަރީގެ އެހީތެރިޔާ ޖޯ މޮރިސް ވިދާޅުވީ، ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރުމަށާއި އާންމު ހިދުމަތްތައް ރަނގަޅު ކުރުމަށް ރައްޔިތުންނަށް ބޭނުންވަނީ ވަރުގަދަ ލޭބަރ ސަރުކާރެއް ކަމަށެވެ. ނަމަވެސް، އެ މަގްސަދު ހާސިލުކުރުމަށް ބޭނުންވާ ރައްޔިތުންގެ ޔަގީންކަން މިހާރު ސްޓާމަރއަށް ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ގައުމުގެ މަސްލަހަތަށްޓަކައި އައު ލީޑަރަކު އިންތިހާބު ކުރުމުގެ އަވަސް ތާވަލެއް އެކުލަވާލުމަށް އޭނާ ވަނީ ބޮޑުވަޒީރަށް ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ