"ޕްރީ ސްކޫލް ހިންގުމުގެ ޤާނޫން" ޕްރީ ސްކޫލް ހިންގުމުގެ ގަވައިދު ގެޒެޓްކޮށްފި

ޕްރީ ސްކޫލް ހިންގުމުގެ ޤާނޫނު ޕްރީ ސްކޫލް ހިންގުމުގެ ޤަވައިދުގައި ގެޒެޓްކޮށްފި އެވެ.
ގާނޫނުގައި ބުނެފައިވާ މުއްދަތަށް ވުރެ ހަ މަސް ދުވަސް ފަހުން ގެޒެޓް ކުރިޕްރީ ސްކޫލް ހިންގުމުގެ ޤާނޫނުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އެ ޤާނޫނު ތަސްދީޤު ކުރާ ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ޕްރީ ސްކޫލް ހިންގުމުގެ ޤަވައިދު އެކުލަވާލައި ގެޒެޓް ކުރަންވާނެ ކަމަށެވެ.
ޖެނުއަރީ 4، 2010 ގައި ރައީސް މުޙައްމަދު ނަޝީދު ގާނޫނު ތަސްދީޤު ކުރެއްވި ނަމަވެސް ޕްރީ ސުކޫލް ހިންގުމުގެ ޤަވައިދު ގެޒެޓްކޮށްފައި ވަނީ ޤާނޫނު ފާސްވިތާ އެއް އަހަރު ފަހުން ޖެނުއަރީ 4، 2013 ގަ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިމާދު ސޯލިހް ވިދާޅުވީ ޤާނޫނުގައި ބުނެފައިވާ މުއްދަތުގައި ގަވައިދު ގެޒެޓް ކުރުމަށް މިނިސްޓްރީ ކުރަން ޖެހޭ މަސައްކަތް ކުރި ކަމަށެވެ.
އަދި ކަނޑައެޅިފައިވާ މުއްދަތަށް ގެޒެޓްކުރަން ވެސް ފޮނުވި ކަމަށެވެ. ނަމަވެސް ޤަވައިދުގައި ފުރިހަމަ ކުރަން ޖެހޭ އިތުރު ކަންތައްތަކެއް ހުރި ކަމަށް ބުނެ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހާއި ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) ޤަވައިދަށް ބައެއް ބަދަލުތައް ގެންނަން ބޭނުންވުމުން ގެޒެޓް ކުރުން ފަސްވީ ކަމަށް ކަމަށް އިމާދު ވިދާޅުވި އެވެ.
ޕްރީ ސުކޫލުތަކާ ބެހޭ ޤާނޫނުގައި ބުނެފައި ވަނީ ޤާނޫނުގެ ދަށުން އެކުލަވާ ގަވާއިދުގައި ބުނެފައިވާ ކަންކަން ގާނޫނަށް އަމަލު ކުރަން ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި ޕްރީ ސުކޫލުތަކުން ފުރިހަމަ ކުރަންޖެހޭނެ ކަމަށެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ޕްރީ ސްކޫލް ހިންގުމުގެ ޤާނޫނަށް އަމަލު ކުރަން ފެށުމާއެކު ޕްރީސްކޫލް ތަކުގެ ހިންގުން ހަރުދަނާކޮށް އެތަންތަނުގެ ޤާބިލްކަން އިތުރު ކުރުމަށް ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ