ފާސްނުކުރަން ނޫސްވެރިން ގޮވައިލަމިން އަންނަ މޯލްޑިވްސް މީޑިއާ އެންޑް ރެގިއުލޭޝަން ބިލަށް ވޯޓަށް އަހާ ޖަލްސާ މިއަދު ހަވީރު ބާއްވަން މަޖިލީހުގެ އިދާރާއިން ނިންމައިފި އެވެ.
ދައުރުން ބޭރުން މިއަދު ޖަލްސާއެއް ބައްވާކަން އިއްޔެ މަޖިލީހުގެ އިދާރާއިން އިއުލާންކުރި އެވެ. އަދި އެކަމާ ގުޅިގެން ނޫސްވެރިން ހެނދުނެއްސުރެން މަޖިލިސް އިދާރާގައި ކައިރީގައި މުޒާހަރާ ކުރަމުން ދިޔަ އިރު، ޖަލްސާގެ ބާއްވާނެ އިރެއް އިއުލާންކޮށްފައެއް ނުވެ އެެވެ.
އެކަމަކު މެންދުރު ފަހު 1:00 ގައިޮ މަޖިލީހުގެ އިދާރާއިން މީޑީއާކަށް ފޮނުވި މެސެޖެއްގައި ދައުރުން ބޭރުން ބާއްވާ ޖަލްސާ ހަވީރު އޮންނާނެކަން މެންބަރުންނަށް އަންގާފައިވާ ކަމަށެވެ.
ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނަ މީޑިއާ ބިލް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. އެހެންވެ ދެން އޮތީ ތަޅުގައި ބިލަށް ވޯޓަށް އެހުމެވެ.
އެ ޕެޓިޝަނާ ގުޅިގެން މިއަދު އެކެއް ޖެހިއިރު މަޖިލީހުގެ ޕެޓިޝަން ކޮމެޓީން ވަނީ ބައްދަލުވުމެއް ވެސް ބާއްވާފައެވެ.
މީޑިިއާ ބިލް ފާސްކުރާ ޖަލްސާ ހަވީރު ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ