ބަނގުރަލުގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި، 29،000 ރުފިޔާއާއެކު ތިން ބިދޭސީން ހައްޔަރުކޮށްފި

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ބިދޭސީ ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން އިއްޔެ މާލޭގައި އޮޕަރޭޝަނެއް ހިންގައިފައިވާ ކަމަށެވެ. އެ އޮޕަރޭޝަނުގައި މާލޭގެ ތިން އެޕާޓްމަންޓު ބަަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން ފެނުނު ތަކެތީގެ ތެރޭގައި: ނުވަ ފުޅި ބަނގުރާ ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި ފަސް ލީޓަރުގެ ހަ ފުޅިއާއި 500 އެމްއެލްގެ 78 ފުޅިއާއި 22 ޓައްޕު ކުށްކޮށްގެން ހޯދައިފައިވާކަމަށް ތުހުމަތުކުރެވޭ 29،000 އަށްވުރެ ގިނަ ރުފިޔާއާއި 100 ޑޮލަރު ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ވަނަވަރު ހާމަކޮށްފައެވެ. އެއީ: ބަންގްލަދޭޝް، ސައްބިރް ހޮސައިން (33އ) ބަންގްލަދޭޝް، މުހައްމަދު ބަދަލް (52) އިންޑިއާ، ރާޖު ދަސް (20އ) އެ މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ބަނގުރާ އުފައްދައި، ގެންގުޅެ، ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭތީ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ތިން މީހުން ވެސް މިހާރުވަނީ ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ