އިއްޔެވެސް 5 ސްޕާ ބަންދުކުރި، ހަފްތާއެެއްގެ ތެރޭ އެފަދަ 16 ތަން ބަންދުކޮށްފި

ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް އިމިގްރޭޝަން ހިމެނޭ ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަނުގައި، އިއްޔެވެސް 5 ސްޕާ ބަންދުކޮށްފައިވާ ކަމަށް ބުނެފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ، ސްޕާ/ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި އިއްޔެ  މާލޭގައި ހިންގަމުންދިއަ 17 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އަދި އެ މަސައްކަތުގެ ތެރެއިން، 01 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް، 05 ތަނެއް ބަންދު ކޮށްފައިވާ ކަމަށެވެ.
އިއްޔެ ބަންދު ކުރެވުނު 5 ތަނާއެކު، މި ހަފްތާއެއްހާ ދުވަސް ތެރޭ ޖުމުލަ 16 އެފަދަ ތަން ބަންދު ކޮށްފައިވާ ކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި އެތަންތަނުން  8 ބިދޭސީން އިމިގްރޭޝަނުންގެ ބެލުމުގެ ދަށަށް ވަނީ ގެންދެވިފައިވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ