'ޝަކްތީ ޝާލިނީ'ގެ ބަތަލާއަކީ އަނީތު
ކާމިޔާބު ގިނަ ފިލްމުތަކެއް ގެނެސްދެމުން އަންނަ މެޑްޑޮކް ފިލްމްސްގެ "ޝަކްތީ ޝާލިނީ"ގެ ބަތަލާ އަކީ އަނީތު ޕައްޑާކަން ކަށަވަރުވެއްޖެއެވެ. މިދިޔަ އަންގާރަ ދުވަހު އެ ޕްރޮޑަކްޝަން ކުންފުނީގެ ހޮރީ ކޮމެޑީ ޔުނިވާސްއިން ރިލީޒްކުރި ފިލްމު "ތަމާ"ގައި ފިލްމު "ޝަކްތީ ޝާލިނީ"ގެ 60 ސިކުންތުގެ ޕްރޮމޯއެއް ވަނީ ދައްކާފައެވެ. މި ފިލްމުގެ ލީޑް ރޯލްއިން ފެންނާނީ ބަތަލާ ކިއާރާ އަދުވާނީ ކަމަށް ބުނަމުން އައި ނަމަވެސް ފިލްމުގެ ޕްރޮމޯ ދެއްކުމާ ހަމައަށް އަނީތު ޕައްޑާ ފިލްމުން ފެންނާނެކަން ވަނީ ސިއްރުކޮށްފައެވެ. ނަމަވެސް, ފިލްމު "ތަމާ" ބަލަން ސިނަމާއަށްދިޔަ ގިނަ ބަޔަކަށް ފެނުނު ޕްރޮމޯއާ އެކު "ޝަކްތީ ޝާލިނީ"އިން ކިއާރާގެ ބަދަލުގައި ފެންނާނީ އަނީތުކަން ވަނީ ކަށަވަރުވެފައެވެ. ފިލްމު "ޝަކްތީ ޝާލިނީ"ގެ ޕޯސްޓަރެއް--ފޮޓޯ/ފިލްމުފެއައަންނަ އަހަރުގެ ޑިސެންބަރު މަހުގެ 24ގައި ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ މި ފިލްމުގެ ޕްރޮޑިއުސަރު އަމަރު ކައުޝިކް ބުނިގޮތުގައި ފިލްމަށް އަނީތު ގެންދަން ނިންމީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ސައްޔާރާ"ގައި ބަތަލާ ދެއްކި އެކްޓިންގް ހުނަރަށް ބެލުމަށް ފަހުއެވެ. ހަމައެއާއެކު ފިލްމަށް ބޭނުންވީ ވެސް ވަރަށް ޒުވާން ބަތަލާއެއް ކަމަށް ކައުޝިކް ވަނީ ބުނެފައެވެ. މި ފިލްމުގެ ފުރަތަމަ ޝެޑިއުލް އަންނަ އަހަރުގެ ޖެނުއަރީ މަހު ފަށަން ތައްޔާރުވަމުން އަންނައިރު ފިލްމަށް ޑައިރެކްޓަރުން ހޯދުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް އަމަރު ވަނީ ބުނެފައެވެ. ފިލްމީ ރިޕޯޓުތައް ބުނާގޮތުން ކިއާރާގެ ބަދަލުގައި އަނީތު މި ފިލްމަށް ނެގިއިރު މެޑްޑޮކްގެ އެހެން ފިލްމަކުން ކިއާރާއަށް ވަނީ ފުރުސަތުދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ