ޖޭއެސްސީގެ ރައީސް އިސްތިއުފާ ދިނުމުން މެޖިސްޓްރޭޓުން ހުވާ ކުރުމުގެ ޖަލްސާ ކެންސަލް ޖޭއެސްސީގެ ރައީސް އިސްތިއުފާ ދިނުމުން މެޖިސްޓްރޭޓުން ހުވާ ކުރުމުގެ ޖަލްސާ ކެންސަލް

ޖުޑީޝަލް ސާވިސް ކޮމިޝަނު (ޖޭއެސްސީ) ގެ ރައީސް ހުސެއިން ރިޒާ އެ ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދިނުމުން، މެޖިސްޓްރޭޓުން ހުވާކުރުމަށްޓަކައި މިރޭ ބާއްވަން އޮތް ރަސްމިއްޔާތު ކެންސަލްކޮށްފި އެވެ.
ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އާމިނަތު ނަދާ އަދަދު އަށް ވިދާޅުވީ މެޖިސްޓްރޭޓުން ހުވާ ކުރުމުގެ ރަސްމިއްޔާތު އެހެން ދުވަހަކަށް ފަސްކޮށްފައިވާ ކަމަށެވެ.
ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންނާނެ ދުވަހެއް ފަހުން އިއުލާން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖޭއެސްސީގައި ރައްޔިތުންގެ މަޖިލިސް ތަމްސީލްކުރާ ގޮނޑިއަށް އައްޔަންކުރި ރިޒާ އެ މަގާމުން އިސްތިއުފާދެއްވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު އާއި އަޒްމިރާލްދާ ޒާހިރު އަދި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރީ ރިޒާގެ ރިޔާސަތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ