ތައިލެންޑާއި ދުބާއިއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެ

ތައިލެންޑާއި ދުބާއިއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެ އެވެ.
އެ ހިދުމަތް ފެށުމަށް ގަައުމީ އެއާލައިން -- މޯލްޑިވިއަންއާ މިއަދު ވަނީ ހަވާލުކޮށްފަ އެެވެ. އެކަމުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީއާ އެންސްފާއާ މޯލްޑިވިއަން އިން މިއަދު ވަނީ ސޮއިކޮށްފަ އެވެ.
މިއަދު އޮތް ރަސްމިއްޔާތެއްގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރުގެ ނައިބު އަޙްމަދު ހަމްދާން ނާސިރު އެވެ. އެންސްޕާގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒަކެޓިވް އޮފިސަރު ހީނާ ވަލީދު އެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާޒު އެވެ.
ތައިލެންޑާއި ދުބާއިއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ހަވާލުކުރުން --
މޯލްޑިވިއަން އިން ބުނީ މި އެއްބަސްވުމާއެކު އެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ސަރުކާރުން ޚިދުމަތް ދޭން ފެށި އެއާ އެމްބިއުލާންސްގެ ފުރަތަމަ ދަތުރު ކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ ދެވަނަ ދުވަހު އެވެ. ދިވެހި ސަރުކާރުގެ އަމިއްލަ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިިދުމަތް ރަސްމީކޮށް ފަށާފައިވަނީ މާޗް މަހުގެ ފުރަތަަމަ ދުވަހު އެވެ.
ތައިލެންޑާއި ދުބާއިއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ހަވާލުކުރުން --
އެއާ އެމްބިއުލާންސްގައި، ކުއްލި ހާލަތްތަކުގައި ރާއްޖޭގައި ހުރިހާ ކަންކޮޅުތަކުން ފަރުވާ ލިބެންހުރި އެންމެ ކައިރި ޓާޝަރީ ހޮސްޕިލަކަށް ބަލިމީހުން އުފުލަ އެވެ. އެއާ އެމްބިއުލާންސްގައި ތަމުރީނުވެފައިވާ 15 ސިއްހީ ޚިދުމަތްތެރިންނާއި ވަސީލަތްތައް ގާއިމުކޮށްފައި ވެ އެވެ. އޭގެ ތެރޭގައި، ޑޮކްޓަރުންނާއި ނަރުހުން އަދި އެމަޖެންސީ މެޑިކަލް ޓެކްނީޝަނުން ހަރަކާތްތެރިވެ އެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ބޭނުންކުރަނީ މޯލްޑިވިއަންގެ ޑޭޝް 8-200 މަރުކާގެ ބޯޓަކާއި ސީޕްލޭނެކެވެ.
ހެލްތު މިނިސްޓްރީ އާއި އެންސްޕާ އަދި އައިލެންޑް އޭވިއޭޝަން ގުޅިގެން ދިނުމަށް ހަމަޖެހިފައިވާ މި ހިދުމަތް ވަނީ މޯލްޑިވްސް އިމަޖެންސީ މެޑިކަލް ސާވިސް ނިޒާމުގެ ތެރޭގައި ހިމަނާފަ އެވެ.
ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި ޚިދުމަތް 24 ގަޑިއިރު ފޯރުކޮށްދޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ