ދުންފަތާ ދެކޮޅަށް އެޅި ފިޔަވަޅުތަކާއެކު، ބައިނަލްއަޤްވާމީ ޖަމިއްޔާއެއްކަމަށްވާ "ގްލޯބަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް އިން ޓޮބޭކޯ ކޮންޓްރޯލް (ޖީޖީޓީސީ) އިން ދޭ އެވޯޑެއް ރާއްޖެއަށް ލިބިއްޖެއެވެ.
މި އެވޯޑް ރާއްޖޭގެ ކަމާބެހޭ އޮފިޝަލުންނަށް އަރުވާފައިވަނީ މިދިޔަ ހޯމަދުވަހު ސްވިޒަލޭންޑް ގެ ޖެނީވާގައި ފެށި ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލް އަޤްވާމީ މުޢާހަދާ އެއްކަމަށްވާ "ފްރޭމްވަރކް ކޮންވެންޝަން އޮން ޓޮބާކޯ ކޮންޓްރޯލް، (އެފް.ސީ.ޓީ.ސީ)" ގެ ގަވަރނަންސް ބައްދަލުވުމުގެ "ކޮންފަރެންސް އޮފް ދަ ޕާރޓީސް (ކޮޕް)" ހަވާސާގެ ތެރޭގައެވެ.
ރާއްޖެއަށް އެވޯޑް ހަވާލުކުރުމުގެ ތެރެއިން...
ރާއްޖޭގެ ފަރާތުން އެވޯޑާ ހަވާލުވެ ވަޑައިގެންނެނީ ޖެނީވާގައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރު ޑރ.ސަލްމާ ރަޝީދުއެވެ.
އެވޯޑާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުޢިއްޒުގެ މޭސްތިރިކަމުގައި، ދިވެހި ރައްޔިތުން ދުންފަތުން ރައްކާތެރި ކުރުމަށާ ދިވެހިންގެ ޞިއްޙަތު ރައްކާތެރި ކުރުމަށް ސަރުކާރުން ތަންފީޒުކުރަމުންގެންދާ ސިޔާސަތުތައް ބަލައިގަންނަމުންދާކަން މިފަދަ އެވޯޑްތަކުން ހާމަވެގެންދާކަމަށެވެ.
ރާއްޖެއަށް ލިބިފައިވަނީ ޖީޖީޓީސީން ދެމުން އަންނަ އިންޓަރގްރިޓީ އެވޯޑެވެ. މި ޖަމިއްޔާއަކީ ދުންފަތް ކޮންޓްރޯލް ކުރުމަށް އެކި ޤައުމުތަކުގައި ތަންފީޒުކުރާ ސިޔާސަތުތަކާއި، އެ ސިޔާސަތުތަށް ތަންފީޒުކުރާގޮތް ދިރާސާކުރާ ޖަމިއްޔާއެކެވެ.
ދުންފަތާ ދެކޮޅަށް އެޅި ފިޔަވަޅުތަކާއެކު، ރާއްޖެއަށް ބައިނަލްއަޤްވާމީ އެވޯޑެއް ލިބިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ