ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ގައި އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗާތައް ހިމެނޭ އީގޭޓްތައް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކޮށްފި އެވެ.
އެ މަސައްކަތް ކުރަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފަ އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ބޭނުންކުރައްވާ ދިވެހިންނާއި ފަތުރުވެރިން ބޯޑަރ ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ވަންދެން ކިއުގައި ހޭދަކުރަންޖެހޭ ޖެހުން ނިމުމަކަށް ގެނައުމަށްޓަކާ ކުރާ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗަރތައް ހިމެނޭ އީގޭޓްތައް އެ އެއަރޕޯރޓުގެ އާ ޓާމިނަލުގައި ހަރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމަށެވެ.
މި ގޭޓުތަކުން އެއްފަހަރު ޕާސްޕޯޓު ސްކޭން ކުރުމަށް ފަހު، ދެން ބޯޑަރ ހުރަސްކުރާއިރު އޮތޮރައިޒް ކުރެވޭނީ ފޭޝަލް ރެކޮގްނިޝަންގެ ޒަރިއްޔާއިންނެވެ.
ރައީސް ވިދާޅުވި ގޮތުގައި ޖެނުއަރީ, 1 2026 ގެ ކުރިން އެރައިވަލް އަދި ޑިޕާޗަރ ހިމެނޭހެން ކޮންމެ ޓާރމިނަލްއެއްގައި 10 ގޭޓް -- ޖުމްލަ 20 ގޭޓް ހަރުކުރެވި ބޭނުންކުރަން ފެށޭނެ އެވެ. އަދި ވިދާޅުވީ ރާއްޖޭގެ އެހެނިހެން އިންޓަރނޭޝަނަލް އެއަރޕޯޓްތަކުގައި ވެސް 2026 ވަނަ އަހަރު މިފަދަ އީގޭޓްތައް ހަރުކުރެވި، ބޭނުންކުރަން ފެށޭނެ ކަމަށެވެ.
އާޓާމިނަލް ހުޅުވީ މި އަހަރުގެ މިނިވަން ދުވަހާއި ގުޅުވައި ޖުލައި 26 ވަނަ ދުވަހު އެވެ. މީގެ 10 އަހަރު ކުރީން, ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފެށި މަޝްރޫއު ނިންމާ ގިނަ އެއާލައިންތަކުން މިހާރު ދަނީ އާޓާމިނަލް ބޭނުން ކުރަމުންނެވެ.
ރާއްޖޭގެ ތާރީހާއި ސަގާފަތާއި ދީނީ ތަރިކަ ރަމްޒުކޮށްދޭ ހިރިގަލުގެ ފަންނުވެރި ކެނޑުންތަކުން ފަރުމާކޮށްފައިވާ އައު ޓާމިނަލްގައި، ރާއްޖޭގެ ހިތްގައިމު ކަނޑުގެ މަންޒަރުތަކާއި ޤުދުރަތީ ރީތި ރަށްތަކުގެ ނަލަކަމާއި ކުލަތައް ހިމަނާފައިވެއެވެ. މި ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި، 6 ސެލްފް ސާވިސް ކައުންޓަރާއި، 20 ޑިޕާޗާ އިމިގްރޭޝަން ކައުންޓަރާއި 6 ޕެސެންޖާ ބޯޑިން ގޭޓާއި 12 އޭރޯ ބްރިޖް ހުރެ އެވެ.
އާ ޓާމިނަލްގައި އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗާތައް ހިމެނޭ 20 އީގޭޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ