ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން ޅ. ނައިފަރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ނައިފަރު މަގުތައް ހެދުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ. އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި އާރުޑީސީން ވަނީ ނައިފަރު މަގުތައް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށިފައިވާކަން ޔަގީންކޮށްދީފައެވެ. ނައިފަރުމަގުތައް ހެދުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ، މިދިޔަ އޮކްޓޯބަރުމަހުގެ 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
ނައިފަރުގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ.
ނައިފަރު މަގުތައް ހެދުމަށް 2020 ވަނަ އަހަރުވެސް ސަރުކާރުން 1.5 މިލިއަން ރުފިޔާ ބަޖެޓްކުރިނަމަވެސް އެ މަސައްކަތް ނިމިފައެއް ނުވެއެވެ.ނައިފަރުގެ މަގުަތައް ހެދުމުގެ މައްސަލާގައި މީގެ ކުރިން ރައްޔިތުން މަޖިލީހަށް ގަރާރެއް ހުށަހެޅިކަން ފާހަގަކޮށްލެވެއެވެ.
ޅ.ނައިފަރު މަގުތައް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ