ފ. ނިލަންދޫގައި އެއާޕޯޓެއް އެޅުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ހަވާލުކޮށް އެންމެ ގިނަވެގެން ދެ އަހަރާއި ބައި ތެރޭގައި އެއާޕޯޓު އަޅައި ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ބައެއް ރަށްރަށަށް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ނިލަންދޫއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އެމްއޭސީއެލުން އެ ރަށުގައި އަޅާނީ އެންމެ ޒަމާނީ އެއާޕޯޓެއް ކަމަށެވެ.
"މިއަދުން ފެށިގެން އެންމެ ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި، ދެ އަހަރާއި ބައި، އެންމެ ގިނަވެގެން ދެ އަހަރާއި ބައި ތެރޭގައި މި އެއާޕޯޓު ނިންމައި ތި ބޭފުޅުންނަށް ލިބިގެންދާނެ، .އެ ޔަގީންކަން ތި ބޭފުޅުންނަށް އަރުވަން،" މުއިއްޒު ވިދާޅުވި އެވެ.
"އެހެންވީމާ ބައްލަވާ އެއަށްވުރެ ވެސް އަވަސްވާނެ ކަމަށް، އެއީ އެންމެ ލާސްޓު އެންމެ ގިނަ ދުވަސް ކަމަށް، އެންމެ ގިނަވެގެން ވާނެ މުއްދަތު."
ނިލަންދޫގައި އެއާޕޯޓު އެޅުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު، މޫސާ ޒަމީރު އެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ޝަރީފު އެވެ.
ނިލަންދޫގައި އެއާޕޯޓެއް އަޅަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށާއި ސިނާއީ ރަށްތަކާއި ރިސޯޓުތަކުން 30 މިނިޓުން ފޯރާނެ ދުރުމިނެއްގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމުކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުންނެވެ. މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށިގެން ހިފަހައްޓަމުން އަންނަ ސިޔާސަތެކެވެ.
ނިލަންދޫގައި އެއާޕޯޓެއް އަޅަން އެންމެ ފުރަތަމަ ނިންމީ ވެސް އެ ސަރުކާރުންނެވެ. ނަމަވެސް އެ މަޝްރޫއު ކުރިއަކަށް ނުދެ އެވެ.
އެންމެ ގިނަވެގެން ވެސް ދެ އަހަރާ ބައި ތެރޭގައި ނިލަންދޫގައި އެއާޕޯޓު އަޅައި ނިންމާނަން: މުއިއްޒު އެންމެ ގިނަވެގެން ވެސް ދެ އަހަރާ ބައި ތެރޭގައި ނިލަންދޫގައި އެއާޕޯޓު އަޅައި ނިންމާނަން: މުއިއްޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ