ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލުގައި ރިޔާސީ ދައުރު ދަންމާލައި ރަސްކަމަކަށް ބަދަލުކުރާ ވާހަކައެއް ނެތް: ފަލާހް

ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލުގައި ރިޔާސީ ދައުރު ދަންމާލައި ރަސްކަމަކަށް ބަދަލުކުރާ ވާހަކައެއް ނެތްކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މެޖޯރިޓީ ލިޑަރުގެ ގޮތުގައި ވެސް ހުންނެވި ފަލާހް މިފަދައިން ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރަށްވަމުންނެވެ.
ފަލާހް ވިދާޅުވި ގޮތުގައި މި ބިލުގައި ބަޔާންކޮށްފައިވަނީ ކުރިއަށް އޮތް ތަނުގައި ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވާ ފަރާތެއް ހުވާކުރުން 11 ނޮވެމްބަރަށް ބަދަލުކުރުމަށާއި، މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލުމުގެ ފުރުސަތު ދިނުމަށެވެ.
ފަލާހް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ބިލު ބޭނުންވަނީ ރައްޔިތުންގެ ޚިޔާލު ވީހާވެސް ފުޅާ ދާއިރާއެއްގައި ހޯދުމަށެވެ. އަދި މިއީ 2008 ވަނަ އަހަރު ޤާނޫނުއަސާސީ ފާސްވުމާއެކު އަންނަންޖެހޭ ޤާނޫނެއްކަމަށާއި، ޤާނޫނުއަސާސީގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގޭނެ ހާލަތްތައް ތަފްސީލުކޮށް ބަޔާންކޮށްފައިވާކަމަށް ވިދާޅުވިއެވެ.
"މި ބިލުގެ އެއްވެސް މާއްދާއެއްގައި ރައްޔިތުންނަށް، އިލެކްޝަން ކޮމިޝަނަށް އަދި މަޖިލީހަށް އޮޅޭގޮތަށް ކަމެއް ކުރެވޭނެ އެއްވެސް ގޮތެއް ނެތް. މި ބިލުގައި އޮތްގޮތުން އެ އަތޮޅެއް، އެ ވަކި ސަރަހައްދެއްގެ ވޯޓު ނެގިދާނެ،" ފަލާހް ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ، އެ ބިލުގައިވާ ގޮތަށާއި ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރަށްވާފައިވާ ވާހަކަފުޅުތަކަށް ބަލާއިރު ހަގީގަތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ދައުރު ހަމަސްދުވަސް ކުރުވެގެންދާނެ ކަމަޑެވެ.
''6 މަސް ދުވަހުގެ މުސާރަ އަޅުގަނޑުމެން ގުރުބާން ކޮށްލާނީ، މި އެމްޑީޕީއަށް ކެރޭނެ ކަމެއްނޫން ކުރާކަށް، ދުަހަކުވެސް ކުރާނެކަމެއް ވެސް ނޫން، އަޅުގަނޑުމެން މި މަޖިލީހަށް އައިއިރު މަޖިލީހުގެ ބައެއް ކޮމެޓީތަކުގައި އެމްޑީޕީގެ ފަރާތުން ހުރި މަޖިލީހުގެ މެމްބަރެއްގެ މުސާރަ 1 ލައްކަ ރުފިޔާއަށް ހަދަން ފާސްކޮށްފައި، އަޅުގަނޑުމެން ބުނީ ތި ބާއްވާށޭ، މިވާހަކަ ދޮގެއްވެސް ނުކުރެވޭނެ އެ ބޭފުޅުންނަކަށް'' އޭނާ ވިދާޅުވެފަވެއެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ