ނަޝީދުގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ ސުޕްރީމް ކޯޓުގައި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޖަލު ހުކުމެއް މައްސަލަ ހައި ކޯޓުން ބަލައި ނުގަތް ބޭރު ކޮށްލި މައްސަލައިގައި ޕީޖީ އިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ޝެޑިއުލްކޮށްފި އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމްގެ ލޯޔަރު ހިސާން ހުސެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުމެއް މާދަމާ މެންދުރު 12:45 ގައި ސުޕްރީމް ކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓްގެ ޝެޑިއުލްގައި އެ މައްސަލަ ބާއްވާ ކަމަށް ހިމަނާފައެއް ނުވެ އެވެ.
އެ މައްސަލައިގެ ޝަރީއަތްތައް ފެށުމުގެ ކުރިން ދެ އަޑުއެހުމެއް މީގެ ކުރިން ސުޕްރީމް ކޯޓުގައި ބާއްވާފައިވެ އެވެ.
ނަޝީދުގެ ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ އިންސާފުވެރިކޮށް ކަމަށް، ކަށަވަރުކޮށްދިނުމަށް އެދި ދައުލަތުން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ނުބަލަން ނިންމުމުން، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރީ ޕީޖީ އިންނެވެ. މީގެ ކުރިން ޕީޖީ އިން ވެސް އަދި ނަޝީދުގެ ވަކީލުން ވެސް ގިނަ ނުގުތާތަކެއް ޝަރީއަތުގެ މަޖިލީހުގައި ވަނީ ފާހަގަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ