ސިހުރު ހަދާ ކަމަށް ތުހުމަތުކުރެވޭ މީހަކު ހޯރަފުށިން ހައްޔަރުކޮށްފި

ސިހުރު ހަދާ ކަމަށް ތުހުމަތުކުރެވޭ މީހަކު ހއ. ހޯރަފުށިން ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - އޭނާ ހައްޔަރުކޮށްފައިވަނީ، ފުލުހުން މިއަދު ބުނި ގޮތުގައި، ސިހުރު ހަދާ ކަމަށް ތުހުމަތުކުރެވޭ މައްސަލަައަކާ ގުޅިގެން ހޯރަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން އެ ރަށުގައި ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ބުރާސްފަތި ދުވަހު އެވެ. 
ތަފްސީލް - މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ:
މުހައްމަދު އަބްދުލްކަރީމް، 34، ތިބުރޯޒުގެ/ވ. ކެޔޮދޫ 
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ފަސް ދުވަސް ވަނީ ދީފަ އެވެ. 
މި މައްސަލަ ހޯރަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ