އެންމެ ބޮޑު އެއް އަމާޒަކީ އަސާސީ ބޭސް މެދުނުކެނޑި ލިބެން ހުންނާނެ އިންތިޒާމު ހަމަޖެއްސުން: އެސްޓީއޯ

އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް އަސާސީ ބޭސް މެދުނުކެނޑި ލިބެން ހުންނާނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ދިވެހިރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެއވެ.އެސްޓީއޯއިން ބުނެފައިވަނީ މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ބޭހުގެ ދަތިކަން ހައްލުކުރުމަށްޓަކައި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން އެސްޓީއޯއިން ވަނީ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ. މި މަސައްކަތުގެ ތެރެއިން، ރާއްޖެއަށް ބޭނުންވާ އަސާސީ ބޭސްތައް ހޯދުމުގެ މަސައްކަތް ވަނީ ފުރިހަމަކުރެވިފައި ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.ގިނަ ބަލިތަކަށް ބޭނުންވާ ބޭސް މާރިޗު މަހު ވަނީ ރާއްޖެ ގެނެވިފައިވާކަމަށާއި މިހާރުވަނީ ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށާފައި ކަމަށް އެސްޓީއޯ އިން ބުނެފައިވެއެވެ.އެސްޓީއޯއިން އިތުރަށް ފާހަގަކޮށްފައިވަނީ މިކަމުގެ ސަބަބުން މިހާރު ދިމާވެފައިވާ ބޭހުގެ ދަތިކަމަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ. އަދި އެކުންފުނީގެ އެންމެ ބޮޑު އެއް އަމާޒަކީ މުސްތަޤުބަލުގައި މިފަދަ ދަތިކަމެއް ތަކުރާރުނުވާނެހެން، ރާއްޖޭގެ ހުރިހާ ސަރަހައްދަކުންވެސް އަސާސީ ބޭސް މެދުނުކެނޑި ލިބެން ހުންނާނެ އިންތިޒާމު ހަމަޖެއްސުން ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ