ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 457 ފުޅި ބަނގުރާ ނައްތާލައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 457 ފުޅި ބަނގުރާ ނައްތާލައިފިއެވެ.
ފުލުހުން ބުނީ ބަނގުރާ ނައްތާލައިފައި ވަނީ އިއްޔެ ދޫނިދޫގައި ކަމަށާއި، ނައްތާލި ބަނގުރަލުގެ ތެރޭގައި ޓޫރިސްޓު ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ބަނގުރަލާއި ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެނެވިފައިވާ އިންސިޑެންޓުތަކުގެ ބަނގުރާ ހިމެނޭ ކަމަށެވެ.
އަދި ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކާ ގުޅޭ ބަނގުރާ ވެސް އިއްޔެ ނައްތާލައި ފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ނައްތާލައިފައި ވަނީ:
ފުލުހުން ބުނީ މި ތަކެތި ނައްތާލައިފައި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގައި ބަނގުރާގެ ވިޔަފާރި ކުރުމާއި ބޭނުން ކުރުމުގެ މައްސަލަތައް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. މި ވަބާގައި ބޮޑެތި މީހުންގެ އިތުރުން ގިނަ އަދަދެއްގެ ކުޑަކުދިންވެސް ޖެހެމުން ދާއިރު ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ހާމަވާގޮތުގައި މި އަހަރުގެ މިހާތަނަށް މަސްތުވާތަކެއްޗާ ގުޅޭ 486 މައްސަލައެއް ފުލުހުންނަށް ވަނީ ރިޕޯޓު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ