އައިޖީއެމްއެޗުގެ އީއާރުގައި ފަރުވާ ދެމުންދިޔަ ނުކުޅެދުންތެރިކަން ހުންނަ މީހަކު މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 11:30ގައި ކަމަށެވެ
ތަފްސީލް - ފުލުހުން ބުނީ، އެ މީހާ އައިޖީއެމްއެޗަށް ފަރުވާދޭން ގެންދިޔައީ ތަނަކުން ވެއްޓި ލިބުނު އަނިޔާއަކާ ގުޅިގެން ނޫން ކަމަށެވެ. އަދި ފަރުވާ ދިނުމުގެ ތެރޭގައި ހުރި ނިޝާނެއް ފިޔަވައި ހަށިގަނޑަށް ގެއްލުމެއް ލިބިފައި ހުރި ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.
"އާއިލާގެ ފަރާތުން ވެސް މިހާތަނަށް ތުހުމަތުތަކެއް ކޮށް، އެފަދަ ޝަކުވާއެއް ފުލުހުންނާ ހިއްސާކޮށްފައެއް ނުވޭ،" ފުލުހުން ބުނެފައިވެ އެވެ.
އެ މީހާއަށް ފަރުވާ ދިނުމަށް މަސައްކަތް ކުރަމުންދަނިކޮށް، ކުއްލިއަކަށް ތެދުވެ، ދުއްވައިގަނެގެން ދަނިކޮށް ވެއްޓުނު ކަމަށް އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާގެ ހަށިގަނޑުން ސާމްޕަލް ނަގާފައިވަނީ އެފަދަ މައްސަލައެއް ހުށަހެޅުމުން އާންމުކޮށް އަމަލުކުރާ އުސޫލުން ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އައިޖީއެމްއެޗުގައި ނުކުޅެދުންތެރިކަން ހުންނަ މީހަކު މަރުވި މައްސަލައެއް ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ