ފްލޮރެންސް، އިޓަލީ (ޖޫން 1) - ނުވަ އަހަރަށް ފަހު، އެޓަލާންޓާގެ ކޯޗުކަމުން ދުރުވާން ނިންމާފައިވާ ކަމަށް ޖިއާން ޕިއެރޯ ގަސްޕެރީނީ ހާމަކޮށްފި އެވެ.
ގަސްޕެރީނީ، 67، ވަނީ މީގެ ކުރިން ފެބްރުއަރީ މަހު ވެސް، މި ސީޒަނަށް ފަހު އެޓަލާންޓާގެ ކޯޗުކަމުން ވަކިވާނެ ކަމަށް ބުނެފަ އެވެ. އެޓަލާންޓާއާ އެކު ގަސްޕެރީނީ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ މި މަހު އެވެ.
އެޓަލާންޓާއާ އެކު ގަސްޕެރީނީ ހަދާފައިވާ ކޮންޓްރެކްޓް އާ ނުކުރާނެ ކަމަށް އޭނާ ހާމަކުރި ފަހުން ވެސް އެ ކްލަބުން ވަނީ އޭނާގެ ކޮންޓްރެކްޓް އާކުރުމަށް މަސައްކަތް ކޮށްފަ އެވެ.
އެޓަލާންޓާގެ ކޯޗުކަމުން ވަކިވާނެކަން އިއުލާނުކޮށް ގަސްޕެރީނީ ބުނީ، މިއީ ނިންމަން އުނދަގޫ ނިންމުމެއް ކަމަށާއި އެ މަގާމުން ވަކިވާން ނިންމީ އެންމެ ފަހު ވަގުތު ކަމަށެވެ.
"އަހަރެން އަށް އެޓަލާންޓާއާ އެކު، ގިނަ މުހިންމު ކާމިޔާބީތަކެއް ހޯދިއްޖެ. އަހަރެން މި އަށް ވުރެ ގިނަ ކާމިޔާބީ ހޯދަން ބޭނުން. އަހަރެން އަކީ އެންމެ ކާމިޔާބު ކޯޗެއް ނޫން އެކަމަކު އަހަރެން އަށް އެޓަލާންޓާގައި ހޯދުނު ކާމިޔާބު މުޅި ޓީމުން ބަލައިގަތް. އަހަރެން އަށް ޔަގީން އެޓަލާންޓާއިން އެ ކާމިޔާބީތައް އަދިވެސް ހޯދާނެކަން" ގަސްޕެރީނީ ބުންޏެވެ.
ގަސްޕެރީނީ ކޯޗުކަމުގެ ދަށުން އެޓަލާންޓާއިން ވަނީ ފުރަތަމަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ މެޗެއްގައި ކުޅެފަ އެވެ. މީގެ އިތުރުން، 2024 ވަނަ އަހަރުގެ ޔުއެފާ ޔޫރޮޕާ ލީގު އެ ޓީމުން ވަނީ ކާމިޔާބު ކޮށްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ގަސްޕެރީނީ އަށް އިޓަލީގެ ކްލަބް ރޯމާ އިން އަންނަނީ ފާރަލަމުންނެވެ.
ނުވަ އަހަރަށް ފަހު ގަސްޕެރީނީ އެޓަލާންޓާ ދޫކޮށްލައިފި ނުވަ އަހަރަށް ފަހު ގަސްޕެރީނީ އެޓަލާންޓާ ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ