ގޭސް ގަތުން އެސްޓީއޯގެ ދަށަށް ވަގުތީ ގޮތުން ބަދަލުކޮށްފި

މޯލްޑިވް ގޭހަށް ގޭސް ގެނައުމުގެ ޕްރޮކިއުމަންޓާ ގުޅޭ ހުރިހާ ކަމެއް ވަގުތީ ގޮތުން އެސްޓީއޯ އިން ކުރިއަށް ގެންދާ ގޮތަށް އެ ކުންފުނީގެ ބޯޑުން ފާސްކޮށްފި އެވެ.މޯލްޑިވް ގޭސްއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު މިއަދު ވިދާޅުވީ ބޯޑުން ނިންމާފައި ވަނީ މިހާރު އޯޑަރުކޮށްފައިވާ ގޭސް ޝިޕްމަންޓްތައް ފިޔަވާ ދެން ކުރިއަށް ހުރި ގޭހުގެ ޝިޕްމަންޓްތައް ގަތުމުގެ ކަންކަން ސީދާ އެސްޓީއޯއިން ކުރިއަށް ގެންދަން ކަމަށެވެ.  ދުބާއީގެ ޖަކްޝާ އެނާޖީ މެދުވެރިކޮށް ގޭސް ގަންނަން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެޑްވާންސް ފައިސާގެ ގޮތުގައި މޯލްޑިވް ގޭހުން ދެއްކި 3.7 މިލިއަން ރުފިޔާ "ގެއްލުނު" މައްސަލަ އެންމެންގެ ސަމާލުކަމަށް އައީ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، މި ސަރުކާރު ހިންގާ ޕީއެންސީގެ އިސް މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި ނާޒިމް ދެއްކެވި ވާހަކަތަކަކާ އެކު އެވެ.ނަމަވެސް އެ މައްސަލަ އޭސީސީގެ ސަމާލުކަމަށް އައިސްފައި ވާތީ އައީ ބަލަމުން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.އެ ފައިސާ ހޯދަން ގާނޫނީ ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް ވެސް މޯލްޑިވް ގޭސްއިން ވަނީ މީގެ ކުރިން ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ