ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ކުލަގަދަ ފެސްޓިވަލެއް ބާއްވަން އެޗުޑީސީއިން ނިންމައިފި އެވެ.
'މައި ހުޅުމާލެ ފެސްޓިވަލް'ގެ ނަމުގައި ފޯރިގަދަ ހަރަކާތްތަކާ އެކު ބާއްވާ އެ ފެސްޓިވަލް 10 މެއި އިން ފެށިގެން ހަފުތާއަކަށް ކުރިއަށްދާނެ އެވެ.
ތަފްސީލު - އެޗުޑީސީއިން ބުނީ އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ފެސްޓިވަލްގައި ހުރިހާ އުމުރުފުރާތަކަށް ވެސް ހާއްސަ ހަރަކާތްތައް ހިމެނޭނެ ކަމަށެވެ.
މައި ހުޅުމާލެ ފެސްޓިވަލްގެ ބައެއް ހަރަކާތްތައް:
ފޮޓޯގްރަފީ މުބާރާތެއް
ފެމިލީ ކާނިވަލް
ހުޅުމާލެ ޑިސްކައުންޓް ވީކް
ހެލްތު ކޭމްޕް
ހުޅުމާލެ ސްޓޯރީ ފޮޓޯ ވޯކް
މަސްރޭސް
ސައިކްލިން ޗެމްޕިއަންޝިޕް
ބީޗު ފެސްޓު
އެނގުން މުހިންމު - ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބިން ހިއްކައި، ތޮށިލުމުގެ ހުރިހާ މަސައްކަތެއް ނިމުނީ ޖޫން 2002 ގައެވެ. އަދި 1،000 މީހުންނާ އެކު ހުޅުމާލެ އާބާދުވީ 12 މެއި 2004 ގައެވެ.
އެޗުޑީސީގެ ވެބްސައިޓުގައިވާ ގޮތުގައި ހުޅުމާލޭގައި ފުރަތަމަ އާބާދުވީ 200 އާއިލާ އެވެ. އޭރު އެ ރަށުގައި ހުންނަނީ ޖުމްލަ 210 އެޕާޓްމަންޓާއި 120 ގޯއްޗާއި 34 ކޮމާޝަލް ޔުނިޓެވެ.
ރަސްމީ ތަފާސްހިސާބުތަކުން (2022ގެ ބޯހިމެނުމުން) ދައްކާ ގޮތުގައި ހުޅުމާލޭގައި 92،000 އަށްވުރެ ގިނަ މީހުން ދިރިއުޅެ އެވެ.
ހުޅުމާލެ އާބާދުވިތާ 21 އަހަރު ފުރޭތީ ފެސްޓިވަލްގެ ހަފްތާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ