ކެނެޑާގެ ފެސްޓިވަލެއްގައި ދިން ކާރުހަމަލާއެއްގައި 11 މަރު

ފުލުހުން ބުނާ ގޮތުގައި މި ހާދިސާ ހިންގި ފަރާތަކީ ނަފްސާނީ ބަލިތަކުގެ ތާރީޚެއް އޮތް 30 އަހަރުގެ މީހެކެވެ. އޭނާ ވަނީ ހާދިސާ ހިނގި ތަނުން ހައްޔަރުކޮށްފައެވެ. ފުލުހުން ބުނާ ގޮތުގައި މިއީ ޓެރަރިޒަމްގެ ޢަމަލެއް ނޫނެވެ.ވެންކޫވަރގެ ވަގުތީ ޕޮލިސް ޗީފް ސްޓީވް ރާއީ ވިދާޅުވީ މިއީ އެ ސިޓީގެ ތާރީޚުގައި އެންމެ އަނދިރި ދުވަސް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ގިނަ ބަޔަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި މަރުވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށެވެ.މި މައްސަލަ ތަޙުޤީޤު ކުރުމަށް 100 އަށްވުރެ ގިނަ ފުލުހުން ވަނީ ނެރެފައެވެ. އަދި ސަރުކާރުގެ އެކި ފެންވަރުގެ އިދާރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާއާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ހަމްދަރުދީގެ މެސެޖުތައް ލިބެމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.ފިލިޕީނޯ ބީސީ ކިޔާ ކޮމިއުނިޓީ އެޑްވޮކަސީ ގްރޫޕްގެ ޗެއަރ އާރްޖޭ އަކުއީނޯ ވިދާޅުވީ މި ހާދިސާގެ އަސަރު ކޮމިއުނިޓީއަށް ދިގު މުއްދަތަކަށް ކުރާނެ ކަމަށެވެ. އަދި މުޅި ދުނިޔެއިން ލިބެމުންދާ އެހީތެރިކަމާއި ހަމްދަރުދީ ފާހަގަކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.މި ހާދިސާ ހިނގާފައިވަނީ ކެނެޑާގެ ފެޑެރަލް އިންތިޚާބުގެ ދެ ދުވަސް ކުރިންނެވެ. އިންތިޚާބު އޮންނަނީ ހޯމަ ދުވަހުއެވެ. މި ހާދިސާއާ ގުޅިގެން ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީގެ ކެމްޕޭން ހަރަކާތްތައް އާދީއްތަ ދުވަހުގެ ހެނދުނު ލަސްކުރެވުނެވެ. ނަމަވެސް ފިލިޕީނޯ ކޮމިއުނިޓީއަށް ހަމްދަރުދީ ފާޅުކުރައްވާ ބަޔާނެއް ނެރުއްވުމަށްފަހު ކެމްޕޭން ހަރަކާތްތައް އަލުން ފެށްޓެވިއެވެ.“އިއްޔެ ރޭ އާއިލާތަކަކުން އެ އާއިލާތަކުގެ ދަރިއެއް، ނުވަތަ ބައްޕައެއް، ނުވަތަ މަންމައެއް، ނުވަތަ އަންހެން ކުއްޖެއް، ނުވަތަ ފިރިހެން ކުއްޖެއް ގެއްލިއްޖެ. މިއީ ކޮންމެ އާއިލާއެއްގެވެސް ބިރުވެރި ހުވަފެނެއް،” ކަމަށް ބޮޑުވަޒީރު އޮންޓޭރިއޯގެ ހެމިލްޓަންގައި ނޫސްވެރިންނަށް ވިދާޅުވިއެވެ.“ހުރިހާ ކެނޭޑިއަނުންނާއެކު އަޅުގަނޑުވެސް ތިޔަ ބޭފުޅުންނާއެކު ހިތާމަކުރަން. ކެނޭޑިއަނުން ތިޔަ ބޭފުޅުންނާއެކު ގުޅިފައިވާކަން އަޅުގަނޑަށް އެނގޭ،” އޭނާ ވިދާޅުވިއެވެ.ހާދިސާ ހިނގިތާ 12 ގަޑިއިރަށްވުރެ ގިނަ ވަގުތު ފާއިތުވިއިރުވެސް ފުލުހުންނަށް މި ހާދިސާ ހިންގި ސަބަބެއް ނޭނގެއެވެ.
ކެނެޑާގެ ހުޅަނގު ސަރަޙައްދުގައި އޮންނަ ވެންކޫވަރ ސިޓީގައި ބޭއްވުނު ފިލިޕީނޯ ކޮމިއުނިޓީ ފެސްޓިވަލެއްގެ ތެރެއަށް ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ކާރެއް ވައްދާލައިގެން ދިން ހަމަލާއެއްގައި މަދުވެގެން 11 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ރޭގައެވެ.
“މި އިވެންޓަށް ނުވަތަ ފިލިޕީނޯ ކޮމިއުނިޓީއަށް އެއްވެސް ބިރުވެރިކަމެއް އޮތްކަން ކުރިން އެނގިފައެއް ނެތް،” ވަގުތީ ޕޮލިސް ޗީފް ރާއީ ވިދާޅުވިއެވެ.
ހެކިންގެ ބަހުން އެނގޭ ގޮތުގައި، ފުރަތަމަ ހާދިސާ ހިންގި ފަރާތް ފެސްޓިވަލްގައި ބައިވެރިވި މީހުން ފަހަތުން ދުވެ ހިފަހައްޓާފައިވަނީ ފުލުހުން އައުމުގެ ކުރިންނެވެ. އަނިޔާވި މީހުން ގެންދެވުނީ އެކި ހޮސްޕިޓަލްތަކަށެވެ.މި ހާދިސާ ހިނގާފައިވަނީ ރޭގަނޑު 8 ގަޑި ފަހުން ކުޑައިރުކޮޅެއްގެ ތެރޭގައެވެ. ހާދިސާ ހިނގި ތަނަކީ ވެންކޫވަރގެ ސަންސެޓް ސަރަޙައްދެވެ. މިއީ އޭޝިއާގެ މީހުން ގިނައިން ދިރިއުޅޭ ސަރަޙައްދެކެވެ. މި ސަރަޙައްދުގައި އެވަގުތު ކުރިއަށް ދިޔައީ ފިލިޕީންސްގެ ޤައުމީ ބަޠަލެއްގެ ޒިކްރާ ފާހަގަކުރުމަށް ބާއްވާ ލަޕު-ލަޕު ޑޭ ބްލޮކް ޕާޓީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ