އެމްޕީއެލްގެ އެމްޑީގެ މަގާމަށް ހުސެއިން ޝަފީގު އައްޔަނު ކޮށްފި
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހުސެއިން ޝަފީގު އައްޔަނުކޮށްފި އެވެ.ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) މިއަދު ހާމަކުރެއްވި ގޮތުގައި، މި މަގާމުތަކަށް އައްޔަންކުރައްވާފައިވަނީ ދަފްތަރު ނަންބަރު ރސ 2861، ޙުސެއިން ޝަފީގެވެ. އޭނާ މި މަގާމަށް އައްޔަންކުރައްވާފައިވަނީ މިއަދުން ފެށިގެންނެވެ.ކަނޑުދަތުރުފަތުރު މެނޭޖުކޮށްް ބެލެހެއްޓުމުގެ ދާއިރާއިން 35 އަހަރުގެ ތަޖުރިބާ ހާސިލުކުރައްވާފައިވާ ޝަފީއަކީ މާސްޓާ މެރިނާއެކެވެ. އޭނާއަކީ ރާއްޖޭގެ އެންމެ ބޮޑު ޑްރެޖަރު ކަމުގައިވާ މަހަޖައްރާފުގެ ފުރަތަމަ ދިވެހި ކެޕްޓަނެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ކަނޑު އުޅަނދުފަހަރާއި ފުލީޓުތަކުގެ އިސް ކެޕްޓަނުގެ މަގާމު އަދާކުރައްވައި އެ ދާއިރާގެ ފުރިހަމަ ތަޖުރިބާ ހާސިލުކުރައްވާފައިވެއެވެ. ސްްރީލަންކާއިން މާސްޓާ މެރިނާގެ ސަނަދު ހާސިލުކުރެއްވުމުގެ އިތުރަށްް މެރިޓައިމް ސައެންސްގެ ދާއިރާއިން އެޑްވާންސްޑް ޑިޕްލޮމާވެސް ހާސިލުކުރައްވާފއިވެއެވެ. އަދި އެ ދާއިރާއާ ގުޅޭ މުހިއްމު އެކި ހުނަރުތައް ދަސްކުރައްވައި، އަމަލީ ގޮތުން އެ ހުނަރުތައް ބޭނުންކުރެއްވުމުގެ ތަޖުރިބާ ޝަފީގު ހާސިލުކުރައްވާފައިވެއެވެ. އެމްޕީއެލްގެ އެމްޑީގެ މަގާމު ހުސްވީ، އެމަގާމުގައި ހުންނެވި ޑީސީޕީ (ރިޓަޔާޑް) މުހައްމަދު ރިޝްވާން އިސްތިއުފާ ދެއްވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ