މާފަންނުގައި ހުރި ގުދަނެއްގައި ރޯދެ އަދަމުންދާ ކަމަށާއި، އަލިފާން ނިއްވާލުމަށް އެމްއެންޑީއެފުން ހަރަކާތްތެރިވަމުންދާ ކަމަށް އެ އިދާރާއިން ވިދާޅުވެއްޖެއެވެ.
އަލިފާން ރޯވެފައިވަނީ އިއްޒުއްދީން މަގާއި ފުލޫނިޔާ މަގު ގުޅުނު ކަންމަތީގައި ޕްރައިމް ކިޔާ ގުދަނެއްގައެވެ. މިއީ ޠައިބާ މިސްކިތް ގާތު ހުންނަ އިލެކްޝަންސް ކޮމިޝަނުުގެ އިންތިޚާބާއި ބެހޭ މަރިކަޒުގެ ކައިރީގައި ހުރި ގުދަނެއްގައެވެ. މި ޙާދިސާ ހިނގި ސަރަޙައްދުގައި ސިފައިންނާއި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
ގުދަނުގައި ވަރަށް ބޮޑަށް ރޯވެ އަދަމުންދާ ކަމަށް ސޯޝަލް މީޑިއާގައި މިހާރު އާންމުވަމުންދާ ވީޑިއޯއިން ފެނެއެވެ. އަދި އެއްޗިހި ގޮވާ އަޑުވެސް އިވެމުންދާކަމަށް އެ ހިސާބުގައި ތިބި މީހުން ބުނެއެވެ.
އިތުރު ތަފްސީލު އަންނަނީ....
ތޮއިބާ މިސްކިތް ކައިރީ ހުރި ގުދަނެއްގައި ރޯވެ އަނދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ