އަލިފާނުގެ ހާދިސާއާ ގުޅިގެން ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުން މެދުކަނޑާލައިފި

ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން މެދުކަނޑާލައިފިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރަން ހުޅުވާލީ މިމަހުގެ 17 ވަނަ ދުވަހުއެވެ.
ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސާފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާ ބެހޭ މަރުކަޒުގައެވެ. މި ހާދިސާއާ ގުޅިގެން މަސައްކަތް މެދުކަނޑާލި ނަމަވެސް، އިންތިޚާބުގެ އެހެނިހެން ތައްޔާރީތައް ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ