ރައީސް މުއިއްޒު ދެއްވި މިއަހަރުގެ ރިޔާސީ ބަޔާނާ ގުޅުވައި ރާއްޖޭގެ މިއަދުގެ ހަގީގަތަކީ ކޮބައިކަން އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެ ދެއްވައިފިއެވެ.
އެމްޑީޕީގެ ރައީސް ވިދާޅުވިގޮތުގައި މިއަދުގެ ހަގީގަތަކީ ފަތު އަޑުކިޔާފައި ތަކެތީގެ އަގު އުފުލެމުން ދިއުމެވެ. ޑޮލަރުގެ އަގު އަތް ނުފޯރާފަށަށް އުފުލުމެވެ. ވިޔަފާރިތައް އިނދަޖެހުމެވެ. އިގްތިސާދު ފާލުން ނެއްޓުމެވެ. މުޅި ގައުމަށް ކުރިމަތިވެފައިވާ ގިލަންވެރިކަމަށް އެއްވެސް ހަލެއް ފެންނަންނެތުމެވެ.
ކުރިގެ އެއްވެސް ވައުދެއް ނުފުއްދަވާ އަނެއްކާ ވެސް އާ ކަންކަމުގެ ވާހަކަ ދެއްކެވުމުގެ މާނައަކީ އެއްވެސް އަގެއް ބަޔަކަށް ރައްޔިތުން ހެދުން ކަމަށް ޝާހިދު ވިދާޅިވިއެވެ.
ޝާހިދު ވިދާޅިވާ ގޮތުގައި ފާއިތުވެދިޔަ ދެ އަހަރުގެ ރިޔާސީ ބަޔާނުގައި ވައުދު ވެވަޑައިގެން ވައުދުތައް ވަޅުލައި ކަފުންކޮށްފައި، އިތުރު ދޮގުތަކެއް ރައްޔިތުންގެ ކުރިމަތީ ހާމަ ކުރެއްވުމަކީ ރައްޔިތުން އަގެއްނެތް ބަޔަކަށް ހެއްދެވުމެވެ.
ރައީސް މުއިއްޒުގެ މި ހިނގާ ރިޔާސީ ދައުރުގައި އިއްވެވި ތިން ވަނަ ރިޔާސީ ބަޔާން ވެސް ފާހަގަވެގެން މިދިޔައީ، ފާއިތުވެދިޔަ ދެ ރިޔާސީ ބަޔާނެކޭ އެއްފަދައިން އަވާމެންދުރެއް ފަދަ ރިޔާސީ ބަޔާނެއްގެ ގޮތުގައި ކަމަށް ޝާހިދު ވިދާޅުވި އެވެ..
މި އަހަރުގެ ރިޔާސީ ބަޔާނަކީ އިންތިހާބެއް ބޯމަތިވެފައި އޮތީތީ ރައްޔިތުންނަށް ދެއްކެވި ނަނާ ހުވަފެނެއްގެ ގޮތުގައި. އޮތް ރިޔާސީ ބަޔާނެއް ކަމަށް އެމްޑީޕީގެ ރައީސް ސިފަ ކުރައްވައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ކުރީގެ ވައުދުތައް މަތިން ހަނދާން ނައްތައިލައްވާ ގައުމުގެ ހަގީގީ ހާލަތު މުއިއްޒު ސިއްރު ކުރެއްވި ކަމަށެވެ. ގައުމުގެ މައްސަލަތަކަށް ކުރިމަގުގައި ހައްލެއް ފެނުމުގެ އުއްމީދު ކުޑަ ކަމަށްވެސް އެމްޑީޕީގެ ރައީސް ވިދާޅުވިއެވެ.
ގިލަންވެރިކަމަށް އެއްވެސް ހައްލެއް ފެންނާކަށްނެތް: ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ