ދާއިމީ ޞުލްޙައިގެ އެއްބަސްވުމަކަށް އައުމަށް ކުރި މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ނުފެނުމުން، އެމެރިކާއާއި އީރާނުގެ ވިސްނުން މިހާރު ހުރީ އަލުން ކުރިމަތިލުންތަކެއް ފެށުނަ ނުދިނުމަށްޓަކައި ވަގުތީ އެއްބަސްވުމަކަށް ވާސިލްވުމަށް ކަމަށް އީރާނުގެ މަސްދަރުތަކުން ހާމަކޮށްފިއެވެ.
މަޝްވަރާތައް މަރުތަޅު އެޅިފައިވާ މައިގަނޑު ސަބަބަކީ އީރާނުގެ ނިއުކްލިޔަރ މަޝްރޫޢެވެ. އެމެރިކާއިން ބޭނުންވަނީ އީރާނުން ކުރިއަށްގެންދާ ނިއުކްލިޔަރ މަސައްކަތްތައް 20 އަހަރުގެ މުއްދަތަށް ހުއްޓާލުމަށެވެ. އެހެންނަމަވެސް، އީރާނުން ހުށަހަޅަނީ އެ މުއްދަތު ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ކުރުކުރުމަށެވެ.
އީރާނުގެ އިސް މަސްދަރަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ދެ ފަރާތުގެ ދެމެދުގައި ހުރި ބައެއް ބޮޑެތި ޚިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އޭގެ ތެރޭގައި ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މައި ހަބެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅީގެ މައްސަލަ ހިމެނެއެވެ.
އީރާނުން ބޭނުންވަނީ އެމެރިކާއިން ހިފަހައްޓާފައިވާ އެ ޤައުމުގެ ފައިސާ ދޫކޮށްލުމެވެ. އޭގެ ބަދަލެއްގެ ގޮތުން، ހުރްމުޒް ކަނޑުއޮޅީގެ އޮމާންއާވީ ފަޅިން އުޅަނދުފަހަރަށް ދަތުރުކުރުމުގެ ފުރުޞަތު ދިނުމަށް އީރާނުން ވަނީ ޝައުޤުވެރިކަން ފާޅުކޮށްފައެވެ.
އެމެރިކާއާއި އީރާނުން ވަގުތީ އެއްބަސްވުމަކަށް އަމާޒުހިފައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ