ގަވާއިދާ އެއްގޮތަށް ހުރި އުޅަނދުތައް ދުއްވި މީހުންނަށް ފުލުހުން ހަދިޔާ ދީފި
ފުލުހުން އުޅަނދުތައް ބަލައިފާސްކުރިއިރު، ގަވައިދާ އެއްގޮތަށް ހުރި އުޅަނދުތައް ދުއްވި މީހުންނަށް އިއްޔެ ހަދިޔާ ދީފިއެވެ. މަގުތައް ބަލަހައްޓާ ޓްރެފިކް ޕޮލިސްގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވަނީ، ރޯދަ މަހު ކުރިއަށް ގެންދާ ފަހިރާސްތާ ޕްރޮގްރާމްގެ ދަށުން އިއްޔެ ހަވީރު މަގުމަތީގައި ފުލުހުން ހަރަކާތްތެރިވެ، ބައެއް އުޅަނދުތައް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އެ ހަރަކާތުގައި، ގަވާއިދާ އެއްގޮތަށް ހުރި ކަމަށް ފާހަގަވި އުޅަނދުތަކުގެ ވެރިންގެ އަގު ވަޒަން ކުރުމުގެ ގޮތުން އެ މީހުންނަށް ހަދިޔާތައް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ހަދިޔާތަކަކީ ފުލުހުން 'ރައްކާ' ހަރަކާތުގެ ޕާޓްނަރުން ފޯރުކޮށްދީފައިވާ ހަދިޔާތައްކަން އެ މުއައްސަސާއިން ފާހަގަކުރިއެވެ. ފުލުހުން ގަވާއިދާ އެއްގޮތަށް ހުރި އުޅަނދުތައް ދުއްވި މީހުންނަށް ފުލުހުން ވަނީ ހަދިޔާ ދީފައި -- ފޮޓޯ/ ފުލުހުން އެ ޕާޓްނަރުންގެ ތެރޭގައި އެލައިޑް އިންޝޫރެންސް ކުންފުންޏާއި އުރީދޫ މޯލްޑިވްސް އާއި އެމްޓީސީސީ ހިމެނެއެވެ. ފުލުހުން ބުނީ އެ ހަރަކާތުގެ ތެރެއިން ޖުމްލަ 62 އުޅަނދެއް ބަލައިފާސްކުރި ކަމަށެވެ. އާންމު ގޮތެއްގައި ރޯދަމަހުގެ ހަވީރާއި ރޭގަނޑު މަގުމަތީގައި ގިނަ އަދަދެއްގެ މީހުން ހަރަކާތްތެރިވެއެވެ. އަދި މި ދުވަސްތަކުގައި ޓްރެފިކް ބެލެހެއްޓުމަށް ފުލުހުން އިތުރު ފިޔަވަޅުތައް އަޅައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ