ތިން ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލާން ރައީސް އޮފީހުން އަލުން ހުޅުވާލައިފި
ރައީސުލްޖުމްޙޫރިއްޔާއަށާއި ސަރުކާރަށް ބޭނުންވާ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ ތިން ކޮމިޓީއަށް މެންބަރުން ހޯދުމަށް ރައީސް އޮފީހުން މިއަދު އަލުން ހުޅުވާލައިފިއެވެ. މެންބަރުން ހޯދުމަށް ރައީސް އޮފީހުން މިއަދު އަލުން ހުޅުވާލި ކޮމެޓީތަކަކީ، ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް ގާއިމްކުރާ 'ޓޫރިޒަމް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ'އާއި މަސްވެރިކަމާއި މެރިކަލްޗާގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ގާއިމްކުރުމަށް ގާއިމްކުރާ 'ފިޝަރީޒް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ'އާއި އިމާރާތްކުރުމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަށް ގާއިމްކުރާ 'ކޮންސްޓްރަކްޝަން ސެކްޓާ އެޑްވައިޒަރީ ކޮމިޓީ'އެވެ. މި ކޮމިޓީތަކުގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލާން ރައީސް އޮފީހުން ފުރަތަމަ ހުޅުވާލީ މި މަހުގެ އެއްވަނަ ދުވަހުގައެވެ. އެފަހުން އެ ފުރުސަތު އިތުރުކޮށް ރައީސް އޮފީހުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވަނީ، އިތުރު ފުރުސަތު ދިނުމުގެ ގޮތުން އަންނަ މަހުގެ ތިނެއްވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށް ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާފައި ވާކަމަށެވެ. ފިޝަރީޒް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ: މަސްވެރިން - 2 މެންބަރުން އޮޑިވެރިން - 2 މެންބަރުން ކެޔޮޅުން - 2 މެންބަރުން މަސްވެރިކަމާއި މެރިކަލްޗާގެ އިލްމީ/ފަންނީ ތަޖުރިބާކާރުން - 2 މެންބަރުން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތަކުން (އިންޑަސްޓްރިއަލް އޮޕަރޭޓަރުން، ޕްރޮސެސިންގ ފެސިލިޓީތައް، އެކްސްޕޯޓަރުން، އެކުއަކަލްޗާ / މެރިކަލްޗާ ސެކްޓަރުގައި ހަރަކާތްތެރިވާ ފަރާތްތައް) - 3 މެންބަރުން ޓޫރިޒަމް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ: ހޮސްޕިޓަލިޓީ އެންޑް ގެސްޓް ސަރވިސަސް - 1 މެންބަރު ފުޑް އެންޑް ބެވަރެޖް - 1 މެންބަރު ހައުސް ކީޕިން - 1 މެންބަރު ރެކްރިއޭޝަން އެންޑް އެންޓަރޓެއިންމަންޓް - 1 މެންބަރު މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން - 1 މެންބަރު ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް - މެންބަރު ސަފާރީތަކާއި ލިވްއަބޯޑް އަދި ބެއަރބޯޓްގެ ޚިދުމަތްދޭ ފަރާތްތައް - 2 މެންބަރު ކޮންސްޓްރަކްޝަން ސެކްޓާ އެޑްވައިޒަރީ ކޮމިޓީ: މި ކޮމިޓީއަށް 13 މެންބަރުން އައްޔަންކުރަން ވަނީ ނިންމާފައެވެ. އެ ގޮތުން އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމުޢިއްޔާ ޖަމާއަތްތަކުން 3 މެންބަރުން އައްޔަންކުރާއިރު ސިވިލް/ސްޓްރަކްޗްރަލް އިންޖިނިއަރިންގެ ދާއިރާއިން 1 މެންބަރާއި އާކިޓެކްޗާގެ ދާއިރާއިން 1 މެންބަރު އަދި ކުއެންޓިޓީ ސާވޭއިންގެ ދާއިރާއިން މެންބަރަކު އައްޔަންކުރާނެއެވެ. މީގެ އިތުރުން ނޭޝަނަލް ކޮންޓްރެކްޓާސް ރަޖިސްޓްރީގައި ހިމެނޭ ތިރީގައިވާ ކެޓަގަރީގެ ކޮންޓްރެކްޓަރުން ތަމްސީލުކުރާ ފަރާތްތަކުން މެންބަރުން އައްޔަންކުރަން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ