ޢަބްދުއްޝަކޫރު ޢަބްދުﷲއާއި ޙަސަން ޙަމީދުގެ ތައުޒިޔާގެ ދަފުތަރު ހުޅުވާލައިފި

ދިވެހި ދައުލަތަށް 43 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއް ޝަކޫރު ޢަބްދުﷲއާއި ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ކައުންސިލް ޖެނެރަލް އަލްއުސްތާޛު ޙަސަން ޙަމީދުގެ ތައުޒިޔާގެ ދަފުތަރު ހުޅުވާލައިފިއެވެ.
މި ދަފުތަރު ހުޅުވާލާފައި އޮންނާނީ، މިއަދުން ފެށިގެން އަންނަ އެޕްރީލް މަހުގެ 2ގެ ނިޔަލަށެވެ. އެހެނިހެން މުއައްސަސާތަކުގެ މުވައްޒަފުންނަށް ދަފުތަރުގައި ސޮއިކުރުމަށް ހުޅުވާލާފައި އޮންނާނީ، ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށެވެ. ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނަށް ދަފުތަރުގައި ސޮއިކުރުމަށް ހުޅުވާލާފައި އޮންނާނީ، ކޮންމެ ދުވަހެއްގެވެސް މެންދުރު 1:00 އިން ހަވީރު 4:00 އަށެވެ.
ތައުޒިޔާގެ ދަފުތަރުގައި ސޮއިކުރައްވަން ބޭނުންފުޅުވާ ބޭފުޅުން، ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ވަޑައިގަތުމުން ސޮއިކުރެއްވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ