މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބޭންކު އެކައުންޓުން 2.8 ލައްކަ ރުފިޔާ ނަގާފައިވާ މައްސަލައެއްގައި އިތުރު 3 މީހަކު ހައްޔަރުކޮށްފިއެވެ.
މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބޭންކު އެކައުންޓުން 279،600 އަށް ވުރެ ގިނަ ރުފިޔާ ނަގާފައިވާ ކަމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފުރަތަމަ ވަނީ 10 މީހުން ހައްޔަރުކޮށްފައެވެ. މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ގޭންގު ކްރައިމްއާއި ހިންމަފުށި ޕޮލިސް އަދި އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ބައިވެރިވެފައި ވެއެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައިގައި ހައްޔަރު ކުރި އިތުރު 3 މީހުންނަކީ:
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުނާޒު ޖައުފަރު 15 ދުވަހަށް، މުހައްމަދު ނާއިޝް ނަބީލް 7 ދުވަހަށް އަދި ހަސަން ވިއާމް 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން، މި މައްސަލައާ ގުޅިގެން ކުރިން ހައްޔަރުކުރި ގއ. ކަނޑުހުޅުދޫ / ފޫހިވާގެ، މުހައްމަދު ޢަލީ (42އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާކަމަށްވެސް ވަނީ ބުނެފައެވެ.
ކުންފުންޏެއްގެ އެކައުންޓުން ފައިސާ ނެގި މައްސަލައިގައި އިތުރު 3 މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ