ސައުތް އޭޝިއަން ބޮޑީ ބިލްޑިންގް އެންޑް ފިޓްނަސް ފެޑެރޭޝަންގެ މެމްބަރު ކަން ރިފާއުއަށް

ރާއްޖޭގެ ބޮޑީ ބިލްޑިންގް އެސޯސިއޭޝަންގެ ރައީސް އަލީ ރިފާއުއަށް ސައުތް އޭޝިއަން ބޮޑީ ބިލްޑިންގް އެންޑް ފިޓްނަސް ފެޑެރޭޝަންގެ އެކްސެކިއުޓިވް މެމްބަރުކަން ލިބިވަޑައިގެންފި އެވެ. އެކަން އެންގެވުމުގެ ގޮތުން އިއްޔެ ވަނީ ސައުތް އޭޝިއަން ބޮޑީ ބިލްޑިންގް އެންޑް ފިޓްނަސް ފެޑެރޭޝަންގެ ފަރާތުން ރިފާއުއަށް ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގައި އެ ފެޑެރޭޝަނުން ބުނެފައި ވަނީ ރިފާއު ގެ ފަރާތުން އެ ކުޅިވަރު ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތް ބަލައިގަންނަ ކަމަށާއި އޭނާ އަކީ އެ ހަވާލު ކުރެވުނު މަގާމަށް އެންމެ ގާބިލް އެއް ބޭފުޅާ ކަމެވެ. ރިފާއުއަށް އެ މަގާމު ހަވާލު ކުރަން ނިންމީ ސެކެއްޓަރީ ޖެނެރެލް އޮފ ވޯލްޑް ބޮޑީ ބިލްޑިންގް އެންޑް ފިޒިކް ސްޕޯޓްސް ފެޑެރޭޝަނާއި އޭޝިއަން ބޮޑީ ބިލްޑިންގް އެންޑް ފިޒިކް ސްޕޯޓްސް ފެޑެރޭޝަނުގެ ރައީސްގެ އިތުރުން ދެކުނު އޭޝިއާގެ ބޮޑީ ބިލްޑިންގް އެސޯސިއޭޝަނުގެ ރައީސްގެ ވެސް ރުހުމާ އެކު ކަމަށް އެ ސިޓީގައިވެއެވެ. މީގެ އިތުރުން ސައުތް އޭޝިއަން ބޮޑީ ބިލްޑިންގް ފެޑެރޭޝަނުން ފޮނުވި ސިޓީގައި ވާ ގޮތުގެ މަތިން ރިފާއު އެ މަގާމާއި ހަވާލުވުމުން ކުރިއަށް އޮރް އެކްސެކިއުޓިވް މީޓިންގް ތަކަށް ހާޒިރު ވާން ޖެހޭނެ ކަމަށާއި އަދި އެ ފެޑެރޭޝަނުން ބާއްވާ ހާއްސަ އިވެންޓުކަށް ވެސް ހާޒިރުވާން ޖެހޭނެ ކަމަށެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީފް) ގައި ކުރިން މަސައްކަތް ކުރި ރިފާއު އަކީ ކުރީގެ މަޝްހޫރު ވޮލީ ކުޅުންތެރި އެކެވެ. އޭނާ ބޮޑީ ބިލްޑިންގް އެސޯސިއޭޝަނާއި ހަވާލުވުމުގެ ކުރިން މަޝްހޫރުކަން ހޯދީ އެމްއެންޑީއެފް ވޮލީ ޓީމުގައި ކުޅެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ