ގައުމުގެ މިނިވަންކަމާއި،ދީނަށް އަންނަ ގޮންޖެހުންތަކާ ދެކޮޅަށް ތެދުވެވޭނީ ސަފުތައް އަލުން ތަރުތީބު ކުރެވިގެން: އުމަރު

ގައުމުގެ އަމިއްލަވަންތަކަމާއި، މިނިވަންކަމާއި ދީނަށް އަންނަ ގޮންޖެހުންތަކާ ދެކޮޅަށް ތެދުވެވޭނީ ސަފުތައް އަލުން ތަރުތީބު ކޮށްގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އުމަރުގެ ރަސްމީ ފޭސްބުކް ފޭޖުގައި ލިޔުއްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ގައުމުގެ އަމިއްލަވަންތަކަމާއި ދީނީ ގޮތުން އަންނަ ތަފާތު އެކި ގޮންޖެހުންތަކުން ސަލާމަތްވުމަށްޓަކައި ތެދުވެވޭނީ އަލުން ސަފުތައް ތަރުތީބު ކޮށްގެން ކަމަށެވެ. ރޯދަ މަސް ނިމުމާއެކު ސަފުތައް ބަދަހި ކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ ކަމަށްވެސް އުމަރުގެ އެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. "މިއީ މަގޭ މިނިވަން ގައުމު" މި ޝިއާރުގެ ދަށުން ހިންގާ މި ހަރަކާތުގައި ވީހާވެސް ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު ވަނީ އިންޑިޔާގެ ހެލިކޮޕްޓަރުތަކާއެކު ރާއްޖޭގައި ތިބި އެގައުމުގެ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލާ ހާއްސަ ކެމްޕެއިނެއް ވެސް ކުރައްވާފައެވެ. އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމަކީ މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށް ވިދާޅުވެ އުމަރު ގެންދަވަނީ އެކި ޕޯޑިއަމްތަކުގައި އެ ވާހަކަތައް ހިއްސާކުރައްވަމުންނެވެ. އުމަރު ވަނީ މީގެ ކުރިންވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް އަޑު އުފުލުމަށް ގޮވާލާފައެވެ. އަދި ދެން ރާއްޖޭގައި ކުރާނެ އެންމެ ބޮޑު މުޒާހަރާއަކި އެކަމާއި ދެކޮޅަށް ކުރާނެ މުޒާހަރާކަމަށްވެސް އުމަރު ވަނީ ވިދާޅުވެފައެވެ. އިންޑިއާ ސިފައިން ރާއްޖޭގައި އިތުރު ކުރުމުގެ ގޮތުން ރައިސް ސޯލިހުގެ ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާއިރު އިންޑިއާގެ ނުފޫޒު ރާއްޖޭގައި ބޮޑުވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ. އިންޑިއާއިން ދީފައިވާ ހެލިކޮޕްޓަރުތަކުގެ ސަބަބުން އެފަދަ ކަމެއް ދިމާވެދާނެތީ ރައިސް ޔާމީންގެ ދައުރުގައި އެމަނިކުފާނު ވަނީ ހެލިކޮޕްޓަރުތައް އަނބުރާ ފޮނުވާލުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް ރައީސް ސޯލިހު ވެރިަކމާއި ހަވާލުވެވަޑައިގަތުމަށްފަހު ވަނި އިންޑިއާއި ރާއްޖެއާއި ދެމެދު ވެފައިވާ އެއްބސްވުން އައު ކުރައްވާފައެވެ. އިންޑިއާއި ރާއްޖެއާއި ދެމެދު ސިއްރު އެއްބަސްވުންތަކެއްގައި ސޮއި ކޮށްފައިވާ ކަމަށްވެސް އެތައް ބަޔަކު ދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ