ހުޅުމާލޭގައި ކާރެއް ކޮންޓްރޯލުން ނެއްޓި ގަހެއްގައި ޖެހިއްޖެ

ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލު ނުވެގެންގޮސް ގަހެއްގައި ޖެހިއްޖެއެވެ.
މިއަދު މެންދުރުފަހު އެ އެކްސިޑެންޓު ހިނގާފައިވާއިރު ކާރު ކޮންޓްރޯލް ނުވެގެން ގޮސް ޖެހުމުގެ ސަބަބުން ކާރުގެ ކުރީކޮޅު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެކްސިޑެންޓުވެފައި ވަނީ ކޯމަސް ލޮޖް ނަމަކަށް ކިޔާ ގެސްޓް ހައުސެއްގެ ކާރެކެވެ.
އެ ހާދިސާ ހިނގިއިރު ކާރުގައި ތިބީ ކިތައް މީހުންކަން ސާފު ނުވާއިރު އެހާދިސާއާ ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ހުޅުމާލެ ހޮސްޕިޓަލް ހިންގަމުން އަންނަ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު މެންދުރު 2:30 ހާއިރު އަންހެނަކާއި ފިރިހެނަކު އެކްސިޑެންޓެއްގައި އަނިޔާވެގެން ގެނެސްފައިވާ ކަމަށެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް 825 އެކްސިޑެންޓް ވަނީ ހިނގާފަ އެވެ. ނިމިގެން ދިޔަ 2018 ވަނަ އަހަރު ރިޕޯޓުކޮށްފައި ވަނީ ޖުމްލަ 2007 އެކްސިޑެންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ