މައްސަލައެއް ބެލުމުގައި ފަރުވާކުޑަ ކުރުމުން ފެމެލީ ކޯޓުގެ ގާޒީ އަދީބަށް ފިޔަވަޅު އަޅައިފި

ޖޫޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފެމެލީ ކޯޓުގެ ގާޒީ އަބްދުﷲ އަދީބަށް ފިޔަވަޅު އަޅައިފި އެވެ.
ޖޭއެސްސީން އިއްޔެ ބުނީ، ގާޒީ އަދީބަށް ފިޔަވަޅު އެޅީ ފެމިލީ ކޯޓަށް ހުށަހުޅުނު މައްސަލައެއް ބަލައި ހުކުމްކުރުމުގައި، އޭނާ ފަރުވާކުޑަކޮށްފައިވާކަން ސާބިތުވެފައިވާތީ ކަމަށެވެ.
އެހެންކަމުން ގާޒީ އަދީބުގެ އެ އަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ ދެ މާއްދާއަކާ ހިލާފަށް ކޮށްފައިވާ އަމަލަކަށްވާތީ، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ ދަށުން ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އަންގާފައިވާ ކަމަށް ބުންޏެވެ.
އެގޮތަށް ނިންމާފައި ވަނީ ޖޭއެސްސީން މިމަހުގެ 17 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ