ފްލެޓްތަކަށް ކަރަންޓު ދިނުމަށް ގާތްގަނޑަކަށް 3 ނުވަތަ 4 ގަޑިއިރު ހޭދަވާނެ: ސްޓެލްކޯ

ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް ގާތްގަނޑަކަށް 3 ނުވަތަ 4 ގަޑި އިރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
އެ ކުންފުނިން މިހެން ބުނީ ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލެއް ކަނޑައިގެން ގޮސް ހިޔާ ފަލްޓެތަކުން ކަރަންޓް ކެނޑުމާ ގުޅިގެންނެވެ.
ސްޓެލްކޯއިން ބުނީ އެޗްޑީސީން މަގު ހެދުމަށް ހަވާލުކޮށްފައިވާ ފަރާތުން ކޮނުމުގެ ތެރޭގައި ގެއްލުން ވެފައިވަނީ ހިޔާފްލެޓްތަކަށް ކަރަންޓު ދިނުމަށް އެޗްޑީސީން އަޅާފައިވާ ކޭބަލަކަށް ކަމަށެވެ.
އަދި މި ކޭބަލް މަރާމާތު ކުރުމަށް ގާތްގަނޑަކަށް 3 ނުވަތަ 4 ގަޑި އިރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށާއި މަސައްކަތް ކުރަމުން ދަނީ ވީ އެންމެ އަވަހަކަށް މި މައްސަލަ ހައްލުކޮށް އަލުން ހިޔާ ފްލެޓްތަކަށް ކަރަންޓު ފޯރުވައިދިނުމަށް ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.
ގްރޭޓަރ މާލޭ އިންޓަރކަނެކްޝަން މަޝްރޫޢުގެ ދަށުން މާލެ، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގާއަކުން މިހާރު ވަނީ ގުޅާލާފައެވެ. މި މަޝްރޫޢުގެ ދަށުން ގާއިމުކޮށްފައިވާ ސަބްސްޓޭޝަންތައް އެނަޖައިޒްކުރުމުގެ މަސައްކަތް މިދިޔަ ޖުލައި މަހުގެ ތެރޭގައި ސްޓެލްކޯއިން ވަނީ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ