މޫދަށް އެރި އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ

ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ މޫދަށް އެރި އުޅުނު ފަތުރުވެރިއަކު މަރުވެގެންއުޅޭ ކަމުގެ މައުލޫމާތު މިއަދު 16:30ގައި އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އަދި އެކަން ހިނގާފައި ވަނީ ސަފާރީ އައިލެކްޑް ރިސޯޓުގައި ކަމަށް ބުންޏެވެ.
މަރުވި ފަތުރުވެރިޔާއަކީ 61 އަހަރުގެ އަންހެކެވެ. އެ މީހާއަކީ ކޮން ގައުމެއްގެ މީހެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ އެ މީހާގެ ހަށިގަނޑު ހދ. މަހިބަދޫ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ