ވެކްސިން ޖެހިތާ 2 ހަފްތާ ނުވާ ފަތުރުވެރިންނަށް ގެސްޓް ހައުސްތަކަށް ޗެކިން ނުވެވޭނެ

މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްތް ހައުސްތަކަށް ޗެކިންވުމުގެ ގަވާއިދެއް އެކުލަވާލައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހުއްދަ ދީފައިވާ ވެކްސިނެއްގެ ޑޯޒުތައް ފުރިހަމަކޮށް، 14 ދުވަސް ވެފައި ނުވާ ފަތުރުވެރިންނަށް މީހުންގެ ދިރިއުޅޭ ރަށްރަށުގެ ގެސްޓް ހައުސްތަކަށް ޗެކް އިން ނުވެވޭނެ ކަމަށެވެ. އެހެން ނަމަވެސް ވެކްސިންގެ ޑޯޒު ފުރިހަމަކޮށްފައި ތިބޭ މީހުންނާއެކު ދަތުރުކުރާ ކުޑަކުދިންނަށް ޗެކް އިން ވެވޭނެއެވެ.
އަދި ރާއްޖެ އެތެރެވާއިރު 72 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއެއް އޮންނަން ޖެހޭއިރު، ގެސްޓް ހައުސްތަކުން ޗެކްއައުޓް ވާއިރުވެސް ނެގެޓިވް ޕީސީއާރް ނަތީޖާއެއް އޮންނަން ޖެހެއެވެ.
އެހެން ނަމަވެސް ރަށްރަށުގައި ވަކި ޕަސަންޓަކަށް ރައްޔިތުން ވެކްސިން ޖެހުމުން، ވެކްސިން ފުރިހަމަ ކޮށްފައި ނުވާ ފަތުރުވެރިންނަށް އެ ރަށްރަށުގެ ގެސްޓް ހައުސްތަކަށް ދިއުމުގެ ފުރުސަތު އޮވެއެވެ. އެގޮތުން، އެ ރަށެއްގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ 95 ޕަސަންޓު މީހުން ވެކްސިން ފުރިހަމަކޮށް، އެ ރަށެއްގައި ދިރިއުޅޭ 65 އަހަރުން މަތީގެ މީހުންގެ 90 ޕަސަންޓު މީހުން ވެކްސިން ފުރިހަމަ ކޮށްފައި ވާނަމަ އެ ރަށުގެ ގެސްޓް ހައުސްތައް ވެކްސިން ނުޖަހަ ފަތުރުވެރިންނަށް ހުޅުވާލެވޭނެއެވެ.
އަދި އާބާދީގެ 60 ސަޕަންޓު މީހުން ވެކްސިން ފުރިހަމް ކުރުމުންވެސް އެ ފުރުސަތު ލިބެނެއެވެ. އެޗްޕީއޭއިން ބުނީ ވެކްސިން ފުރިހަމަކޮށްފައި ވާކަމަށް ބަލާނީ ވެކްސިންގެ ދެ ޑޯޒު ޖެހުމަށް ފަހު 14 ދުވަސް ވެފައިވާ މީހުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ