މިއަދު ކަރަންޓު ދޭނީ ޓަވަރު 1 އަދި 2 އަށް

ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތުގެ ތެރެއިް މިއަދު ކަރަންޓު ދޭނީ ޓަވަރު 1 އަދި 2 އަށް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ އެ ޓަވަރުތަކުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ހާޒިރުވާންވީ ގަޑި އެސްއެމްއެސް މެދުވެރިކޮށް އަންގާނެ ކަމަށެވެ. އަދި އެ ކުފުނިން ދޫކޮށްފައިވާ ސްލިޕާއި ފްލެޓުގެ ތަޅުދަނޑިއާއެކު ގަޑިއަށް ހާޒިރު ވުމަށް އެ ކުންފުނިން އިލްތިމާސް ކުރެއެވެ.
އަދި މަސައްކަތުގެ ބާވަތުން، އެ ދުވަހަކު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ދެ ޓަވަރުން ފުލެޓް ލިބިފައިވާ ފަރާތްތައް ހާޒިރު ނުވެވިއްޖެ ނަމަ، އެފަރާތަކަށް ދެން އެ ފުރުސަތު ދޭނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓު ދީ ނިމުމުން ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯއިން ކަރަންޓު ދެނީ ހައުސިން ޑިވެލިޕްމެންޓް ކޯޕްރޭޝަން (އެޗްޑީސީ) އިން ފްލެޓުތަކުގެ ލިފްޓުތައް ކޮމިޝަންކޮށް ނިންމައި، އެ ކުންފުންޏަށް އެކަން އެންގުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ