ސްކޫލް ކުދިންނަށް ހާއްސަ ވެކްސިން ޕްރޮގްރާމް ފަށައިފި

ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމް މިއަދު ސްކޫލްތަކުގައި ފަށައިފިއެވެ.
12 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށް ފައިޒާ ވެކްސިން ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިމަހުގެ ނުވަ ވަނަ ދުވަހު ރާއްޖެއަށް ވަނީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާގެ އެހީތެރިކަމުގެ ދަށުން 128،600  ޑޯޒްގެ ފައިޒާ ވެކްސިން އެތެރެކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގާ މި ވެކްސިނުން 40،000 ދަރިވަރުންނަށް ކޮވިޑް ވެކްސިން ފުރިހަަމަކުރެވޭނެ އެވެ. 
އެޗްޕީއޭ ހާމަކޮށްފައިވާ ގޮތުގައި މިއަދުން ފެށިގެން މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގެ ސްކޫލް ދަރިވަރުންނަށް ވެކްސިން ދޭން ވަނީ ފަށާފައެެވެ. މި ވެކްްސިން ދިނުމަށް ހަމަޖެހިފައި ވަަނީ ޖުމްލަ ފަސް ގްރޫޕަކަށް ބަހާލައިގެން ކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ. 
މިއަދު ވެކްސިން ޕްރޮގްރާމް ފަށާފައި ވަނީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫޫލްގައެވެ. އެ ސްކޫލްގެ ދަރިވަރުން ވެކްސިން ޖަހަން ފަށާފައި ވަނީ ރެހެންދި ސްކޫލްގެ ވެކްސިން ސެންޓަރުގައެވެ. 
ދަރިވަރުންގެ ރައްކާތެރިކަމާ ސަލާމަތަށްޓަކާ މާލޭގެ އަދި އަތޮޅުތެރޭގެ ރަށްރަށުގެ ވެކްސިން ސެންޓަރުތަކުގައިވެސް ޓީޗަރުން ތިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ