މާދަމާއިން ފެށިގެން ސްކޫލް ކުދިންނަށާއި އާއްމުންނަށްވެސް ފައިޒަރ ވެކްސިން ޖެހޭނެ

މާދަމާއިން ފެށިގެން އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލް ކުދިންނަށާއި، ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އާއްމުންނަށްވެސް ފައިޒަރ ވެކްސިން ޖެހޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވެއްޖެއެވެ. މާލެއާއި އަތޮޅުތަކުގައިވެސް މާދަމާ ފައިޒަރ ވެކްސިން ޖަހަން ފެށުމަށް ނިންމާފައިވާއިރު، ސްކޫލް ކުދިން ފިޔަވާ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އެހެން ފަރާތްތަކުން އޮންލައިންކޮށް އެޕޮއިންޓްމަންޓް ހައްދައިގެން ވެކްސިން ޖަހަން ދިއުމަށް އެޗް.ޕީ.އޭއިން ވަނީ އެދިވަޑައިގެންފައެވެ.އެޗްޕީއޭ އިން މިއަދު ބުނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލްތައް ގުޅިގެން، އެ އުމުރުގެ ކުދިންނަށް މާދަމާ އިން ފެށިގެން ފައިޒާ ވެކްސިން ދޭން ފަށާނެ ކަމަށެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު ގްރޭޑް 10 ނިންމި ދަރިވަރުން ވެސް ހިމެނެ އެވެ.މާލޭގައި ފައިޒާ ވެކްސިން ޖަހާނީ އިސްލާމީ މަރުކަޒު [ހެނދުނު 9 އިން ހަވީރު 4 އަށް] އާއި ހުޅުމާލެ ހޮސްޕިޓަލް [މެންދުރުފަހު 1 އިން ހަވީރު 4 އަށް] އަދި އަންނަ ހޯމަ ދުވަހުން ފެށިގެން ވިލިމާލެ ޔޫތު ސެންޓަރުގަ އެވެ. ޔޫތު ސެންޓަރުގައި ވެކްސިން ޖެހުން ކުރިއަށް ގެންދާނީ މެންދުރުފަހު 1 އިން ހަވީރު 4 އަށެވެ.ސްކޫލްތަކުގައި މިހާރު ކިޔަވާ ކުދިންނާއި މިދިޔަ އަހަރު ގްރޭޑް 10 ނިންމި ދަރިވަރުން ފިޔަވައި އެހެން މީހުންނަށް ފައިޒާ ވެކްސިން ޖަހައިދެނީ އެޕޮއިންޓްމަންޓް އުސޫލުން ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އެ މީހުންނަށް އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމެންޓު ހެއްދުމުގެ ފުރުސަތު ހުޅުވައިލާފައިވާއިރު، އައިޑީކާޑު ނުވަތަ ޕާސްޕޯޓް އަދި ގުޅުން ހުރި ލިޔުންތައް ގެންދަން ވެސް އެ އިދާރާ އިން އެދެ އެވެ.މިނޫން ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދޭނެއެވެ.ވެކްސިން ޖަހަންދާއިރު އައިޑީކާޑާއި ކަމާގުޅުންހުރި ލިޔެކިޔުންތައް ގެންދިޔުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.ފައިޒަރ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ފަރާތްތައް:12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންދިފާޢީ ނިޒާމު ބަލިކަށި މީހުންމާބަނޑު މީހުންކޮވިޝީލްޑް ނުވަތަ ސައިނޯފާރމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިގެން ބޮޑު ސައިޑްއިފެކްޓެއް ކުރިމަތިވެފައިވާ ފަރާތްތައްހަމައެކަނި ފައިޒަރ ވެކްސިން ޤަބޫލުކުރާ ޤައުމުތަކަށް ކިޔަވަންދާ ފަރާތްތައްވެކްސިން ޖަހަން ހަމަޖެހިފައިވާ ގަޑިތަކާއި މަރުކަޒުތައް:އިސްލާމީ މަރުކަޒު - ހެނދުނު 9:00 އިން ހަވީރު 16:00 އަށްހުޅުމާލެ ހޮސްޕިޓަލް - މެންދުރު 13:00 އިން ހަވީރު 16:00 އަށްވިލިމާލެ ޔޫތް ސެންޓަރު - ހޯމަ ދުވަހުން ފެށިގެން މެންދުރު 13:00 އިން ހަވީރު 16:00 އަށްއެމެރިކާ ސަރުކާރުން ވަނީ މިހަފުތާގައި ރާއްޖެ އަށް ފައިޒާ ވެކްސިންގެ 128،700 ޑޯޒް ހަދިޔާކޮށްފަ އެވެ. މިއާއެކު ކޮވިޑް-19 އިން ދިފާއުވުމުގެ ގޮތުން ރާއްޖޭގައި ޖަހަމުން ދާނީ ފައިޒާ އާއި ކޮވިޝީލްޑާއި ސިނޮފާމާއި އެސްޓްރާޒެނެކާ ވެކްސިނެވެ.ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމެއް ސަރުކާރުން ފަށާފައި ވާއިރު ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އާބާދީގެ ތެރެއިން 90 ޕަސެންޓު މީހުންގެ ވެކްސިން މި މަސް ނިމުމުގެ ކުރިން ފުރިހަމަ ކުރުމެވެ.އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް 342،511 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެ އެވެ. އޭގެ ތެރެއިން ދެވަނަ ޑޯޒް ޖަހައި ވެކްސިން ފުރިހަމަކުރީ 294،109 މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ