ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ދަރިން ހޯދާ މީހުންނަށް ސިންގަޕޫރުގައި ބޯނަހެއް ދޭން ނިންމައިފި

މުޅި ދުނިޔެ މި ވަގުތު ތަޖުރިބާކުރަމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ދަރިން ހޯދާ މީހުން އިތުރުކުރަން ހިތްވަރު ދިނުމުގެ ގޮތުން ސިންގަޕޫރުގައި ބޯނަހެއް ދޭން ނިންމައިފި އެވެ.
މިގޮތަށް ސަރުކާރުން ނިންމީ މި ބަލިމަޑުކަމުގެ ތެރޭގައި ވަޒީފާގެ ދަތިކަމާއި މާލީ ތާށިކަމާ ހުރެ އެ ގައުމުގެ ރައްޔިތުން ދަރިން ހޯދުމާ ދޭތެރޭ މި ވަގުތު ސީރިއަސްކޮށް ވިސްނުން ހުއްޓާލާފައިވާތި އެެވެ. އޭޝިއާގެ އެންމެ ކުރިއަރާފައިވާ އެއް ގައުމު ކަމަށްވާ ސިންގަޕޫރަކީ ދުނިޔޭގެ ނިސްބަތުން ވެސް ދަރިމައިވުމުގެ ރޭޓް އެންމެ ދަށް ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
ދަރިން ހޯދަން ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ބޯނަހެއް ދޭން ނިންމިޔަސް "ޕެންޑެމިކް ބޭބީ ބޯނަސް" ގެ ދަށުން ދޭނެ މިންވަރަކާއި އެކަމާ ބެހޭ އިތުރު ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެެ.
މިކަމާ ބެހޭ ގޮތުން ސިންގަޕޫރްގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ހެންގް ސްވީ ކީޓް ހޯމަ ދުވަހު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާ ހެދި ވަރަށް ގިނަ އާއިލާތަކުން ދަރިން ހޯދުމުގެ ޕްލޭންތައް މަޑުޖައްސާލާފައިވާ ކަމަށެވެ.
ސިންގަޕޫރްގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު.
"އެކަހަލަ ވަރަށް ގިނަ އާއިލާތަކުން އެ މީހުންގެ ފީޑްބެކް މިކަމާ ގުޅިގެން ލިބިފައި އެބަހުރި،" އޭނާ ވިދާޅުވީ
ސިންގަޕޫރަކީ މިހާރު ވެސް ދަރިން ހޯދާ އާއިލާތަކަށް 10،000 ސިންގަޕޫރް ޑޮލަރު (7،330 އެމެރިކާ ޑޮލަރު) އާ ހަމައަށް އެހީ ދޭ ގައުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ